ނޫސްވެރިންގެ ޙައްޤުގައި ރައީސް ނަޝީދު މާލޭގެ މަގުމައްޗަށް އިހުތިޖާޖަށް ނިކުމެއްޖެ.

މިލައުތުރު | 13 މޭ 2026 | ޚަބަރު

އަދަދުގެ ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ ޝަހުޒާން އާއި ލީވާން ޖަލަށް ލުމުން އެކަމާއި ދެކޮޅަށް އިހުތިޖާޖު ކުރުމަށް މަގުމައްޗަށް ނިކުތް ފުރަތަމަ ލީޑަރަކީ އަނެއްކާ ވެސް ހަމަ ރައީސް ނަޝީދެވެ.

މާލޭގައި މިރޭ ކުރިއަށް ގެންދާ މުޒާހަރާގައި އެންމެ ކުރީ ސަފުގައި އަޑުއުފުލަން ހުންނެވީ ރައީސް ނަޝީދެވެ. އެމަނިކުފާނު ނިކުންނެވުމާއެކު ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ މަގުމައްޗަށް ނިކުމެފައެވެ. މިރޭ މާލޭގެ މަގުމައްޗަށް އަޑުއުފުލަން ނިކުތް އެންމެން ހައްޔަރުކޮށް ޖަލަކަށް ވެސް ނުލެވޭނެތާއެވެ. އެހެނީ އެތައް ހާސް ބަޔަކު ވަނީ މުޒާހަރާގައި ބައިވެރިވެފައެވެ.

ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރަށް ތަބާނުވުމަށް ތައްޔާރަށް ހުންނެވިކަން އިއުލާން ކުރެއްވުމަށް ފަހު، މިރޭ މިވަނީ އަމަލީ ގޮތުން އެކަން ދައްކަވާފައެވެ. ޙަޤީޤަތުގައި ވެސް ރައީސް ނަޝީދަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ވަކާލާތު ކުރެއްވުމުގައި ރާއްޖޭގެ ނަންބަރު އެކެކެވެ.

އަދަދު ނޫހުގެ ނޫސްވެރިޔާ ޝަހުޒާން ވަނީ 15 ދުވަހަށް ޖަލަށް ލާފައެވެ. އަދި ނޫސްވެރިޔާ ލީވާން ވަނީ 10 ދުވަހަަށް ޖަލަށް ލާފައެވެ. އެ ދެމީހުން ވެސް ޖަލަށްލީ ކޯޓުގެ ހުރުމަތް ކެނޑިކަމަށް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.