ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރު ޤާނޫނުއަސާސީއާ ޚިލާފު – ކުރީގެ އުއްތަމަ ފަނޑިޔާރު

މިލައުތުރު | 13 މޭ 2026 | ރިޕޯޓު

ޖިނާއީ ޝަރީއަތްތަކާއި ގުޅޭ މަޢުލޫމާތު ޝާއިއުކުރުން މަނާވާގޮތަށް ނެރޭ އަމުރުތަކަކީ، ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްޤުތައް ނިގުޅައިގަނެވޭ ގޮތަށް ނެރޭ އަމުރުތަކެއް ނަމަ، އެއީ ޤާނޫނުއަސާސީއާ ހިލާފު އަމުރުތަކެއް ކަމަށް ދިވެހިރާއްޖޭގެ ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ވިދާޅުވި ގޮތުގައި، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) ގައި ކަނޑައަޅައި ބަޔާންވެގެންވާ ގޮތަށް، އާންމުކޮށް ހުޅުވައިލައިގެން ޝަރީއަތް ހިންގުމަކީ ޖިނާއީ އިޖްރާއާތުގައި އިސްތިޤުރާރުވެފައިވާ އަޞްލީ ޤާޢިދާއެއް ކަމަށެވެ.

އެހެންކަމުން މި ދުސްތޫރީ އަޞްލީ ޤާޢިދާއަށް ޢަމަލުކުރުން ހަނިކުރެވޭނީ ވަރަށް އިސްތިޘްނާއީ ހާލަތްތަކެއްގައި ކަމަށާއި، އެކަން ކުރަންވާނީ ޤާނޫނުއަސާސީގެ 68 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދިމިޤްރާޠީ އުސޫލުތަކާ ހިލާފުނުވާނޭ ގޮތެއްގެ މަތިން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.