ސްޓާފް ސާޖަންޓް މުހައްމަދު މަހުދީގެ ކުއްލި ވަކިވުން، މުޅި ޤައުމު ރޮއްވާލައިފި.

މިލައުތުރު | 17 މޭ 2026 | ޚަބަރު

ވ. އަލިމަތާ ކައިރިއަށް މިދިޔަ ބުރާސްފަތި ދުވަހު ފީނަން ފޭބުމަށްފަހު 60 މީޓަރުގެ ފުނުން ހޮހޮޅައެއްގެ ތެރެއަށް ގެއްލުނު އިޓަލީގެ ޑައިވަރުންގެ ހަށިތައް ހޯދުމުގެ ރިސްކު ބޮޑު އޮޕަރޭޝަނުގައި ސްޓާފް ސާޖަންޓް މުހައްމަދު މަހުދީ ނިޔާވުމަކީ ދިވެހި ޤައުމަށް ލިބުނު ނުހަނު ބޮޑު ހިތާމައެކެވެ.

ގެއްލުނު ފަތުރުވެރިންގެ ހަށިތައް ހޯދުމުގެ މަސައްކަތުގެ ތެރެއިން އެ ސަރަޙައްދުގެ އަޑީގައި އުޅެނިކޮށް ޑީކޮމްޕްރެޝަން މައްސަލަ ދިމާވެގެން ހޭނެތުނީއެވެ. އެހެން ޑައިވަރުން މައްޗަށް އެރި އިރު މަހުދީއެއް ނެތެވެ. އޭނާއަށް މައްޗަށް އެރޭ ގޮތެއް ނުވިއެވެ. ދިވެހި ކޯސްޓުގާޑުގެ ޚިދުމަތުގައި މިވަގުތު ހުރި އެންމެ ހުނަރުވެރި އެއް ޑައިވަރުގެ ފުރާނަ ގެއްލުނީ އެވެ.

މަހުދީގެ މައްޗަށް ކުރެވުނު ކަށުނަމާދު މިރޭ އިސްލާމީ މަރުކަޒުގައި ކުރެވި، އޭނާގެ ހަށިގަނޑު ފަސްދާނުލެވިގެން ދިޔައިރު، މުޅި ޤައުމު އޮތީ މަޑުމޮޅިވެފައެވެ. ލިބުނު ހިތާމައިގެ އަސަރު ނުކުރާ ހަމަ އެކަކުވެސް ނެތެވެ. މާތް ﷲގެ ހެޔޮ ރަޙްމަތްފުޅުން ސްޓާފް ސާޖަންޓް މުހައްމަދު މަހުދީގެ ފުރާނަފުޅު ޝަހީދެއްގެ ދަރަޖައިގައި ސުވަރުގޭގައި ލައްވާށިއެވެ. އާމީން!

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.