ފޯކައިދޫގައި ކުރިއަށްދާ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭގޮތުން އާ ކައުންސިލުން މަޝްވަރާކޮށްފި.

މިލައުތުރު | 23 މޭ 2026 | ރިޕޯޓު
14

ށ. ފޯކައިދޫގައި މި ސަރުކާރުން ހިންގާ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްދާ ގޮތާއި ގުޅޭ ގޮތުން އަލަށް އިންތިޚާބުވި ކައުންސިލުން ކުންފުނިތަކާއެކު މަޝްވަރާކޮށްފި އެވެ. ކައުންސިލްގެ ރައީސް އަޙްމަދު އަންވަރުގެ އިސްނެންގެވުމަށް މަޝްވަރާ ކޮށްފައިވަނީ އާރުޑީސީ އާއި އެމްޓީސީސީއާ އެކުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ށ.ފޯކައިދޫއަށް ކުރެއްވި ދަތުރުފުޅެއްގައި މުހިއްމު 11 މަޝްރޫޢެއް ފައްޓަވައިދެއްވާފައި ވެއެވެ. އަދި ރައްޔިތުންނަށް ބޭނުންވާ އެންމެހާ ކަމެއް ފުރިހަމަ ކޮށްދެއްވާނެކަމުގެ ޔަޤީންކަން އަރުވާފައި ވެއެވެ. ފޯކައިދޫ ކައުންސިލުން މިއަދު މަޢުލޫމާތު އޮޅުންފިލުވައި މަޝްވަރާ ކުރީ އެ މަޝްރޫޢުތަކާއި ގުޅޭގޮތުން ކަމަށް ބެލެވެއެވެ.

Advertisement

ށ. ފޯކައިދޫގެ ތަރައްޤީއަށް މި ސަރުކާރުން ފައްޓަވައިދެއްވި މަޝްރޫޢުތަކަކީ؛

1. އިސްލާމީ މަރުކަޒު

މަސްޖިދުލް އީމާން (ބޮޑު މިސްކިތް) ހުރިތަނުގައި ޒަމާނީ އިސްލާމީ މަރުކަޒެއްގެ ބިންގާ ވަނީ އަޅުއްވައިދެއްވާފައެވެ. މިއީ ކްލާސްރޫމްތަކާއި އެހެނިހެން މުހިންމު ވަޞީލަތްތަކާއެކު ބިނާކުރެވޭ ފުރިހަމަ އިސްލާމީ މަރުކަޒެކެވެ.

2. ޕޮލިސް ސްޓޭޝަން

ރާއްޖޭގެ ހުރިހާ ރަށެއްގަައި ފުލުހުންގެ ޚިދުމަތްދޭ މަރުކަޒުތައް ބިނާކުރުމުގެ ސިޔާސަތުގެ ދަށުން ފޯކައިދޫ ޕޮލިސް ސްޓޭޝަން އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ވެސް ވަނީ ފެށިފައެވެ. ފޯކައިދޫގައި މިހާރު ފުލުހުންގެ ޚިދުމަތް ދެމުން ގެންދަނީ ކައުންސިލްގެ އިމާރާތެއްގައެވެ. އެހެންކަމުން މި އިމާރާތް ނިމުމުން ފުލުހުންގެ ޚިދުމަތް އިތުރަށް ފުރިހަމަ ވެގެން ދާނެއެވެ.

3. ކުންޏާއި ވަޞީލަތްތައް މެނޭޖުކުރާ މަރުކަޒު

ފޯކައިދޫގައި ކުންޏާއި ވަޞީލަތްތައް މެނޭޖުކުރާ މަރުކަޒުގެ ބިންގާއަޅުއްވައި ޢަމަލީ މަސައްކަތް ވަނީ ފަށާފައެވެ. ފޯކައިދޫގައި މިހާރު ކުނި މެނޭޖުކުރަމުން ގެންދަނީ ކައުންސިލްގެ ފަރާތުންނެވެ. މި މަޝްރޫޢު ނިމުމާއެކު ކުނި ނައްތާލުމުގެ މަސައްކަތަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ އެވެ.

4. މަގު ހެދުމުގެ މަޝްރޫޢު

ފޯކައިދޫގެ ބޮޑެތި މަގުތަކުގައި ތާރުއެޅުމާއެކު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ވަނީ ސޮއި ކުރެވިފައެވެ. މަގުތައް ތަނަވަސް ރަށެއްގެ ގޮތުގައި ފާހަގަކުރެވޭ ފޯކައިދޫގެ މަގުތަކުގައި ތާރު އަޅާ ޒަމާނީ ފެންވަރަށް ތަރައްޤީ ކުރެވުމުން ހިނގާ މީހުންނަށާއި، ވެހިކަލް ދުއްވާ މީހުންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދާނެ އެވެ.

5. ފުޓްސަލް ދަނޑެއް ތަރައްޤީކުރުން

ފޯކައިދޫގައި މިހާރު އޮތް ދަނޑުގެ އިތުރުން ފުޓްސަލްއަށް ޚާއްސަ ދަނޑެއް އެޅުމަށްޓަކައި ބީލަމަށް ހުޅުވާލުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ދަނޑަކީ ރޭގަނޑުގައި ވެސް ކުޅެވޭ ގޮތަށް ލައިޓުތައް ހަރުކުރެވި، ބޭނުންވާ އެހެނިހެން ވަޞީލަތްތަކާއެކު ޤާއިމުކުރެވޭ ފުޓްސަލް ދަނޑެކެވެ. މި ދަނޑުގެ މަސައްކަތް ވެސް މި އަހަރުގެ ތެރޭގައި ނިމިގެންދާނެ އެވެ.

6. ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުން

ފޯކައިދޫ އަކީ ހޭންްޑްބޯޅައަށް ޝައުގުވެރިވާ ގިނަ އަަދަދެއްގެ ޒުވާނުން އުޅޭ ރަށަކަށް ވާތީ، ޒަމާނީ ފެންވަރުގެ ހޭންޑްބޯޅަ ކޯޓެއް އެޅުމަށްޓަކައި މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި އިޢުލާނު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ވަރަށް އަވަހަށް ހޭންޑްބޯޅަ ކޯޓުގެ ޢަމަލީ މަސައްކަތް ފެށި، މި އަހަރުގެ ތެރޭގައި ނިމިގެންދާނެ އެވެ.

7. ސްކޫލްގެ ސައިންސް ލެބް އަދި އޭވީ ރޫމް ހިމެނޭ އިދާރީ އިމާރާތް

ފޯކައިދޫ ސްކޫލަށް ބޭނުންވާ ސައިންސް ލެބާއި، އޭވީ ރޫމްގެ އިތުރުން ޒަމާނީ ވަޞީލަތްތައް ހިމެނޭ އިމާރާތެއް ބިނާކުރުމަށްޓަކައި އަންނަ އަހަރުގެ ބެޖެޓުގައި ވަނީ ހިމަނުއްވާފައެވެ. އަދި އަންނަ އަހަރުގެ ބަޖެޓު ފާސްވުމާއެކު ލަހެއްނުވެ ޢަމަލީ މަސައްކަތް ފެށިގެންދާނެ އެވެ.

8. އާޓިފިޝަލް ބީޗެއް ތަރައްޤީކުރުމާ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު

ފޯކައިދޫގައި މޫދަށް އެރޭ ސަރަޙައްދެއް ތަރައްޤީކުރުމަކީ ކުރިންވެސް އެމްޓީސީސީއާ ޙަވާލުކުރެވިފައިވާ މަސައްކަތެއް ނަަމަވެސް މިވަގުތަށް އޮތީ މަސައްކަތް ހުއްޓިފައެވެ. އިތުރު ވަޞީލަތްތައް މޯބަލައިޒްކޮށް، ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތާ އެކު އެކީ ކުރިއަށް ގެންދާގޮތަށް ވަނީ ހަމަޖެހިފައެވެ.

9. ފޯކައިދޫ ސިއްހީމަރުކަޒުގެ ލެވެލް ބަދަލުކުރުމާއެކު ސްޕެޝަލިސްޓް ޑޮކްޓަރުން ހޯދުން

ފޯކައިދޫ ސިއްހީމަރުކަޒުގެ ލެވެލް މަތިކޮށް، ސްޕެޝަލިސްޓް ޑޮކްޓަރުން ހޯދުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރެއިން ފިޒީޝަނެއް ވަނީ ލިބިފައެވެ.

10. އެކްސްރޭގެ ޚިދުމަތް ޤާއިމުކުރުން

ފޯކައިދޫ ސިއްހީމަރުކަޒުގައި އެކްސްރޭގެ ޚިދުމަތް ޤާއިމުކުރުމަށްޓަކައި ވަޞީލަތްތައް ތަރައްޤީކޮށް އަންނަ އަހަރު އެކްސްރޭގެ ޚިދުމަތް ލިބެން ފަށާނެއެވެ. މިއީ ވެސް ރަށުގެ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.

11. ގެދޮރުވެރިކަމުގެ މަޝްރޫޢު

ފޯކައިދޫގެ ރައްޔިތުންނަށް ބޯހިޔާވަހިކަށް ތަނަވަސްކޮށްދިނުމަށްޓަކައި ހައުސިން ޔުނިޓްތަކެއް އެޅުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އަދި މި މަޝްރޫޢަށް ބޭނުންވާ ފައިސާ އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ވަނީ ހިމަނުއްވާފައެވެ. އެހެން ކަމުން މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ވެސް އަންނަ އަހަރު ފެށިގެންދާނެ އެވެ.

މިއީ ހައްތަހާ ވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޯކައިދޫއަށް ކުރެއްވި ދަތުރުފުޅުގައު އިޢުލާން ކޮށްދެއްވި މަޝްރޫޢުތަކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

ޖ ޖާދޫ
މަރުހަބާ އަންވަރު! 5 އަހަރުން ވާނެ މުޅި ރަށް ބަދަލުކޮަށްލަން.
ބ ބަކައްޓޭ
އަމާ ހެދޭނީ
ދ ދޮނާ
ރީއްޗަކަށް ގަރަވެފައި އެބައިން އިނގޭ ލޮލް
މ މުޅި ޕީއެންސީ
އަދި އެއް މަގާމު އެމަންޖެއަށް ދީ ވަރު ހުންނާނެ.
އ އިއްބެ
ޒަކީމެންނަށް ހަޖަމެއް ނުވާނެ
ކ ކަސްރަތު އަލީ
ސާބަހޭ އަންވަރޫ!!! ޖައްސާތި ރަނގަޅަށް، ޖަވާބުދާރީ ކުރުވާތި ކައިކައިގެން ގުޔައް ދުއްވާލިޔަ ނުދޭތި...
އ އަދުރޭ
ލަދެއް ނުގަންނާނެ ބޮޑު ހެދިފާ މީޓިންތަކަށް ދާކަށް.
މ މަރިޔަމް ޒާތީ
5 އަހަރު ބޭކާރު ވާނީ ކަމެއް ނުކުރާނެ. ބަޔަކަަށް އަނިޔާއެއް ދީފާނެ
ފ ފޯކައިދޫ ކައްޒާބު
ކައްޒާބު ކިޔަނީ ދޮގު ހަދާތީ، ތީ ހުސް ދޮގާ މަކަރާ ޔަހޫއްޖާ
ޗ ޗަކޭ
ތިޔަކަމާ ބައްދަލު ކުރާ އެއްޗެއް ނޫން ކަމެއް ނުކުރާނެ. ހަސަދައިން ފުރިފާ ތިބި ބަޔަކު ފޯކައިދޫ ޕީއެންސީ ހިސޯރުކޮށްފި!
O Oil Man
Nobody somebody full body massage from pnc
އ އިންޒާރު ނިޒާރު
ތިޔަ މިސްކިތް ތަޅައިނުލިނަމަ!!!! އިސްލާމީ މަރުކަޒެއް ނޫން ކޮތަޅު އެޅޭނީ ހަހަހަ..
އ އަބްދޯ
މީހާއާ ނުބައްދަލު މަޤާމުތަކާ މުސާރަތައް ނަގައިގެން އަޒީނާމެން އަޗާތަޅަނީ، ޕާޓީ ފުނޑެނީ.
ފ ފޯކައިދޫ ކުރުސީ
މަޝްރޫއެއް މަދެއް ނޫން. ކަމެއް ނުވަނީ، ނުފެށެނީ، ނުނިމެނީ، ވާދެމެނީ، ނާދިރު ކަމަކަށް ވަނީ.