ށ. މިލަންދޫ އާރުޑީސީގައި މަސައްކަތްކުރަމުންދިޔަ މުވައްޒަފުންތަކެއް މަސައްތަކު ސައިޓު ބަދަލުކޮށް ހުވަދޫ އަތޮޅަށް އަރުވާލަން ނިންމައިފި އެވެ.
އެ މުވައްޒަފުންނަށް އެމީހުން މަސައްކަތްކުރަން ޖެހޭ ސައިޓް ބަދަލުކުރިކަމުގެ ލިޔުން ވަނީ ޙަވާލުކޮށްފައެވެ. މިހާތަނަށް މަޢުލޫމަތު ލިބިފައިވާ ގޮތުގައި މިލަންދޫ އާރުޑީސީގެ ސައިޓު ސްޕަވަރިޒަރަކާއި، ސަޕޯޓް ސްޓާފެއް ވަނީ ހުވަދު އަތޮޅަށް ބަދަލުކޮށްފައެވެ. މިއީ އެފަދަ މުވައްޒަފުންގެ އެއްވެސް ކުށެއްނެތި އަދި ސިޔާސީ ސަބަބުތަކަށްޓަކައި ވަޒީފާއިން ކަނޑާލަން ބޭނުންވާ ހިނދު އަމަލުކުރާ ގޮތެކެވެ. އެއީ އެއްވެސް ކުށެއްނެތި ވަޒީފާއިން ވަކިކުރުމަށް ޤަވައިދުތައް ތަންނުދޭތީ އެވެ. މިގޮތަށް އެކި ތަންތަނަށް އަރުވާލުމުން އެމީހުންގެ ދިރިއުޅުމަށް ދަތިވެ އަމިއްލައަށް އިސްތިއުފާދޭން މަޖުބޫރުކުރުމުގެ ގޮތުން ކަމަށް ބެލެވެއެވެ. އެންމެ ދެރަކަމަކީ މީގެ ތެރޭގައި ސަޕޯޓް ސްޓާފެއްގެ ދަރަޖައިގައި ހުރި އަންހެން މުވައްޒަފަކު ވެސް މާ ދުރު އެހެން ރަށަކަށް ބަދަލުކުރުން ކަމުގައި މިލަންދޫއިން މަޢުލޫމާތު ދެއެވެ.
މިފަހަރު އެހެން ރަށް ރަށަށް ބަދަލުކޮށްފައިވާ މީހުންގެ ތެރޭގައި މިހެނެނީ ސައިޓް ސްޕަވައިވަރ އަބްދުﷲ ރަޝީދު އާއި، ސަޕޯޓް ސްޓާފް އާމިނަތު ޝާދުނާ އެވެ. އަބްދުﷲ ރަޝީދު ބަދަލުކޮށްފައިވަނީ ގއ. ވިލިނގިލި ސައިޓަށެވެ. އަދި އާމިނަތު ޝާދުނާ ބަދަލުކޮށްފައިވަނީ ގދ. ގައްދޫ ސައިޓަށެވެ. އެމީހުން ބަދަލުކޮށްފައިވަނީ 14 ޖޫން 2026 ވަނަ ދުވަހުން ފެށިގެން އަމަލުކުރާ ގޮތަށެވެ.
ކިޔުންތެރިންގެ ހިޔާލު