ށ. ފޯކައިދޫއަށް ފަތުރުވެރިން ޝައުޤުވެރި ކުުރުމަށްޓަކައި ވިޒިޓް ފޯކައިދޫގެ ނަމުގައި ބޮޑު ކެމްޕެއިނެއް އިފްތިތާާޙް ކޮށްފި އެވެ.
ބޮޑު އީދާ ދިމާކޮށް އެ ރަށުގެ ކުޅިވަރު ސްޓޭޖުގައި މި ކެމްޕެއިން ރަސްމީކޮށް އިފްތިތާޙް ކޮށްދެއްވީ ފޯކައިދޫ ކައުންސިލްގެ ރައީސް އަޙްމަދު އަންވަރު އާއި އިންޑިއާގެ ލަވަކިއުންތެރިޔާ ވިބޫތީ ޝަރުމާއެވެ.

މި ކެމްޕެއިންގެ ދަށުން އިފްތިތާޙް ކުރި ވެބްސައިޓުގައި ރަށާއި ގުޅޭ މުހިއްމު ގިނަ މަޢުލޫމާތުތަކެއް ވަނީ ހިމަނާފައެވެ. އަދި ރަށަށް ޒިޔާރަތްކުރަން ބޭނުންވާ މީހުންނަށް ފަސޭހަކަމާއެކު ކަންކަން އިންތިޒާމް ކުރުމަށް ފަހި ޕްލެޓް ފޯމެއް ކަމުގައި ވެގެންދާނެ އެވެ.

އިންޑިއާ މާކެޓުގައި ފޯކައިދޫ ޕްރޮމޯޓް ކުރުމަށްޓަކައި ވިޒިޓް ފޯކައިދޫގެ ބްރޭންޑް އެންބަސެޑަރަކަށް ހަމަޖެއްސީ ލަވަކިއުންތެރިޔާ ވިބޫތީ ޝަރުމާއެވެ. މި ކަމަށްޓަކައި ދެ ފަރާތުން ވަނީ އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ. ހަމަ މި ޙަފުލާގެ ތެރޭގައި ވިޒިޓް ފޯކައިދޫގެ ފަރާތުން ޓޯކަން އޮފް އެޕްރިސިއޭޝަނެއް ވިބޫތީއަށް ވަނީ އަރުވާފައެވެ.

މި ޙަފުލާގައި ވިބޫތީ ޝަރުމާގެ ބައެއް ލަވަތައް ހުށަހަޅައިދީފައި ވެއެވެ.
ކިޔުންތެރިންގެ ހިޔާލު