
ބޮޑު އީދު ޝޯއަށް ޔާރާ ޓީމް ށ. ކޮމަންޑޫއަށް ދިއުމުން ލޯތްބާއެކު ކިޔާފައިވަނީ ހޫނު މަރުހަބާއެކެވެ.
ޔާރާ ޓީމް ކޮމަންޑޫއަށް ދިއުމުން މާބޮނޑިތަކާއެކު އެމީހުން ރިސީވް ކުރީ ވަރަށް ކުލަ ގަދަ ގޮތެއްގައެވެ. އެގޮތުން އެމީހުންނަށް މަރުހަބާ ކިއުމުގެ ގޮތުން ނެށުމުގެ ހަރަކާތެއް ވެސް ހުށަހަޅައިދީފައި ވެއެވެ. ޔާރާ ޓީމަށް ލިބުނު ހިތްހަމަޖެހުމާއި އުފަލުގެ ސަބަބުން ޚުދު އެމީހުން ވެސް އެ ހަރަކާތުގައި ބައިވެރިވެ ނަށާ ހަދާފައި ވެއެވެ.
ކޮމަންޑޫ އަކީ ބޮޑު އީދު ކުލަގަދަ ގޮތެއްގައި ފާހަގަކުރާ ރަށެކެވެ. އެގޮތުން މި ފެށުނު ބޮޑު އީދުގައި ވެސް ގިނަ ކުޅިވަރު ހަރަކާތްތަކެއް ޝެޑިއުލް ކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު