މިހާރު ކުރިއަށްދާ ވޯލްޑް ކަޕް މުބާރާތުގައި ރޭގައި ކޮންގޯއާއި ދެކޮޅަށް ޕޯޗުގަލް ކުޅުނު މެޗުން މޮޅެއް ނުލިބުމާއި، ކްރިސްޓިއާނޯ ރޮނާލްޑޯއަށް ގޯލެއް ކާމިޔާބު ނުވިތާ އެއްވެސް އާދަޔާ ޚިލާފު ކުޅުމެއް ވެސް ނުފެންނަ ކަމަށާއި، ބެހެއްޓިބޭ ކަމަށް ބުނެ މެސީގެ ސަޕޯޓަރުންގެ ފަރާތުން އަމާޒުވާ މަލާމާތްތަކަށް ރޮނާލްޑޯގެ ސަޕޯޓަރުން ޖަވާބުދީފި އެވެ.
ދުނިޔޭގެ ތައްޓަށް ކުޅޭ ފުޓްބޯޅަ މުބާރާތުގެ ތެރޭގައި އަބަދުވެސް އެންމެ ފޯރިގަދަ ބަހުޘަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔައީ މެސީތޯ ނުވަތަ ރޮނާލްޑޯތޯ ކުރެވޭ ޒުވާބެވެ. ރޮނާލްޑޯގެ ސަޕޯޓަރުން ބުނަނީ ކުޅޭ ކޮންމެ މެޗެއްގައި ހެޓްރިކެއް ހެދުމަކީ ނާދިރުކަމެއް ކަމަށާއި، ޕޯޗުގަލް ޓީމުގައި ދެންތިބި ކޮންމެ ކުޅުންތެރިޔަކު ލަނޑެއް ޖެހިނަމަ ތަފާތު ބޮޑުކޮށް މޮޅުވާނެ ކަމަށެވެ. އެހެންވީމާ، ރޮނާލްޑޯއަށް ހުރިހާ މަލާމާތެއް ރައްދުކުރުމަކީ އިންސާފެއް ނޫންކަމަށެވެ.
ރޭގެ މެޗު ފެށިގެން ހަވަނަ މިނެޓުގައި ޕޯޗުގަލްއިން ވަނީ ލަނޑެއް ޖަހައި ކުރިހޯދާފަ އެވެ. ޕެޑްރޯ ނެޓޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި، ޔޮއާއޯ ނޭވާސް ބޮލުން ޖެހި ލަނޑެކެވެ. ނަމަވެސް ފުރަތަމަ ހާފުގެ އިތުރުވަގުތުގެ އެންމެ ފަހު މިނެޓުގައި މަސުއާކޫ ހުރަސްކޮށްދިން ބޯޅަ ޔޮއާން ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައި ކޮންގޯއަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.
ވޯލްޑް ކަޕްގައި ރޮނާލްޑޯ ކުޅުނު ފުރަތަމަ މެޗުގައި ގޯލެއް ނުޖެހުނު ނަމަވެސް މެސީ ވަނީ އާ ރެކޯޑަކާއެކު އަލްޖީރިއާ އަތުން 3-0 ގެ ނަތީޖާއަކުން އާޖެންޓީނާ މޮޅުކޮށްދީފައެވެ. އަދި މި މެޗުގައި 3 ލަނޑު ޖަހައި މުބާރާތުގެ ފުރަތަމަ ހެޓްރިކް ވެސް ހަދާފައެވެ.

ކިޔުންތެރިންގެ ހިޔާލު