އިރާނުން އެމެރިކާ ސައިޒުކުރިގޮތަކީ އިސްލާމީ ޤައުމުތަކަށް ބޮޑު އިބުރަތެއް

މިލައުތުރު | 19 ޖޫން 2026 | ރިޕޯޓު

އީރާނުން ދުނިޔޭގެ ސުޕަރ ޕަވަރ ކަމުގައި ދައުވާކުރާ އެމެރިކާ ސައިޒުކޮށް، އިސްލާމްއާބާދު ފަހުމުނާމާގައި ސޮއިކުރަން މަޖުބޫރުކުރި ގޮތަކީ މުޅި މުސްލިމް އުންމަތަށް ބޮޑު އިބުރަތެއް ކަމުގައި ފުދެއެވެ.

އީރާނާއި އެމެރިކާއާ ދެމެދު އެއްބަސްވުމަކަށް އާދެވިފައިވާއިރު، އީރާނުން ބޭނުންވި ހުރިހާ ކަމެއް ވަނީ ޙާޞިލް ކޮށްފައެވެ. އަދި އެމެރިކާއަށް ލިބުނު ގެއްލުމުގެ ޖުމްލަ އަގު އެތައް ބިލިޔަން ޑޮލަރަށް އަރާފައި ވެއެވެ. ދާއިމީކޮށް ހަނގުރާމަ ނިމުމަކަށް ގެނައުމަށް އީރާނާއި އެމެރިކާ މިހާރު ވަނީ އެއްބަސްވެފައެވެ. މި އެއްބަސްވުމުގައި އެއްބަޔަކު އަނެއްބަޔަކާ ދެކޮޅަށް އެއްވެސް ހަނގުރާމައެއް ނުވަތަ އަސްކަރީ އޮޕަރޭޝަނެއް ނުހިންގުމަށާއި، ބާރުގެ ބޭނުންކުރުމުން އެއްކިބާވުމަށާއި، ލުބުނާނުގެ އިސްތިޤްލާލާއި ސިޔާދަތު ރައްކާތެރިކުރުން އިލްތިޒާމްވެއެވެ. އަދި މިއީ ނިހާއީ އެއްބަސްވުމެކެވެ.

Advertisement

ކުރިއަށް އޮތް 60 ދުވަހުގެ ތެރޭގައި، ނިހާއީ އެއްބަސްވުމެއް އެކުލަވާލައި ސޮއިކުރުމަށް ދެ ފަރާތުން އެއްބަސްވެއެވެ. މި ފަހުމުނާމާގައި ސޮއިކުރުމާއެކު ކަނޑުގެ މަގުން އަޅާފައިވާ ހުރަސްތައް ނައްތާލުމާއި ނޭވަލް ބްލޮކޭޑް 30 ދުވަހުގެ ތެރޭގައި އެއްކޮށް ނިންމަންޖެހޭނެ އެވެ.

އަދި ހޮރްމުޒް ކަނޑުއޮޅީގެ އިދާރީ ކަންކަމާއި ކަނޑުގެ ޚިދުމަތްތަކާ ގުޅޭގޮތުން އީރާނުން އޮމާނާއެކު މަޝްވަރާތައް ކުރަން ވަނީ ފަށާފައެވެ. އީރާންގެ އިޤްތިޞާދީ ތަރައްޤީއަށް މަދުވެގެން 300 ބިލިއަން އެމެރިކާ ޑޮލަރުގެ އިންވެސްޓްމަންޓް ކަށަވަރު ކޮށްދޭން ޖެހެއެވެ. އަދި މާލީ މުޢާމަލާތްތަކަށް ބޭނުންވާ ހުރިހާ ހުއްދަތަކާއި ލައިސަންސްތައް އެމެރިކާއިން ފަހިކޮށްދޭން ޖެހޭނެއެވެ. އީރާނަށް ފަނާކުރަނިވި ހަތިޔާރު އުފެއްދުން މަނާވިޔަސް އެމީހުންގެ މިސައިލް މަޝްރޫޢު ކުރިއަށް ގެންދާކަށް ހުރަހެއް ނެތެވެ.

އަދި ތެޔޮ އެކްސްޕޯޓް ކުރުމުގެ ހުއްދަ ދޫކުރުމުގެ އިތުރުން ގުޅުންހުރި ބޭންކިންގ އަދި އިންޝުއަރެންސް ޚިދުމަތްތައް އެކްސްޕޯޓްކުރުމަށް ބޭނުންވާ ހުއްދަތައް އެމެރިކާގެ ޓްރެޜަރީ ޑިޕާޓްމަންޓުން ދޫކުރަން ޖެހޭނެއެވެ. އަދި ހިފަހައްޓާފައިވާ އީރާނުގެ ހުރިހާ ފައިސާއެއް ބޭނުންކުރެވޭނެ ގޮތް ހެދުމަށް އެމެރިކާ އެއްބަސްވެއެވެ.

އެހެން ކަމުން ޙަޤީޤީ ކާމިޔާބު ލިބުނީ އީރާނަށެވެ. އަދި ނިހާއީ އެއްބަސްވުމަކީ އދ. ގެ ސަލާމަތީ މަޖިލީހުގެ ޤަރާރަކުން ބާރުލިބުމުގެ އިތުރުން މި ފަހުމުނާމާ ތަންފީޒުކުރުމަކީ ލާޒިމުކަމެއް ކަމުގައި ވެގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.