ފެނަކައިން މ. ވޭވަށު ރައްޔިތުން ރޮއްވާލައި 11 އާއިލާއެއް މަގުމަތިކޮށްލައިފި.

މިލައުތުރު | 22 ޖޫން 2026 | ޚަބަރު

މ. ވޭވަށު ފެނަކައިގާ މަސައްކަތްކުރާ 11 މުވައްޒަފަކު ކުއްލިގޮތަކަށް ވަޒީފާއިން ވަކިކޮށްލުމުން މުޅި ރަށް ބޮޑު ހިތާމައެއްގައި އޮތްކަމަށް ޚަބަރު ފެތުރެން ފަށައިފި އެވެ. ވޭވަށު ފެނަކައިން 11 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައިވަނީ 21 ޖޫން 2026 ވީ އާދިއްތަ  ދުވަހުއެވެ.

މިކަމާއި ކަންބޮޑުވުން ފާޅުކޮށް ސޯޝަލް މީޑިއާގައި މީހަކު ބުނެފައިވަނީ މިއީ މ. ވޭވަށުގެ ރައްޔިތުންނަށް ނުހަނު ހިތާމަވެރި ދުވަހެއް ކަމަށެވެ. ސަރުކާރުގެ މަތީ މަޤާމުތަކުގައި ތިއްބެވި ވޭވަށަށް ނިސްބަތްވާ ބޭފުޅުން ކަމުގައިވާ، ޙައްޖު ކޯޕަރޭޝަންގެ އެމް.ޑީ މުޙައްމަދު ޝަކީލް އާއި، ފަހި ދިރިއުޅުން ކޯޕަރޭޝަންގެ އެމް.ޑީ ޙަމްދާން ޝަކީލް އާއި، ސްޓެލްކޯގެ ޑީ.އެމް.ޑީ ޢަބްދުﷲ ނާޒިރު އަދި ވޭވަށު ސްޓިއަރިންގ ކޮމިޓީގެ 4 މެންބަރުން ކަމަށްވާ ޙުސަައިން ޝުޖާޢު އާއި، މުޙައްމަދު ނަޒީޙު އާއި، ނަދީމު ޢަބުދުލް މަޖީދު އާއި، ހައްމާޛު އިބުރާހީމްގެ ސިޔާސީ ނުފޫޒާއެކު ހިންގާފައިވާ ބޮޑު ޖަރީމާއެއް ކަމަށާއި، ރަށުގެ 11 އާއިލާއެއް ބިކަވެއްޖެ ކަމަށެވެ.

Advertisement

އޭނާ އިތުރަށް ބުނެފައިވަނީ ސިޔާސީ ބޭނުމަށްޓަކައި ވަކި ބަޔަކު މަގުމަތިކޮށްލުމުގެ ސަބަބުން، ރަށުގެ އާއިލީ މަސްލަހަތު ގެއްލިއްޖެ ކަމަށެވެ. އިޖުތިމާއީ ބަދަހިކަން ގެއްލި އޮޔާގޮސްފި ކަމަށެވެ. މަޤުބޫލުކަން ގެއްލިފައިވާ މި އަނިޔާވެރި ރައީސް ޑރ. މުޢިއްޒުގެ ވެރިކަން އެމްޑީޕީން ނިމުމަކަށް ގެންނާނެ ކަމަށެވެ. އަދި ރައީސް ޑރ. މުޢިއްޒު މި ރާއްޖެ ތިޔަ ގެންދަވަނީ އިންގިލާބުގެ ތުންފަތް މައްޗަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.