ތިލަފުށީ ވެމްކޯ ކުނިކޮށީގައި އަލިފާންރޯވުމުގެ ސަަބަބުން ނުރައްކާތެރި ކުންޏަށް ވެފައިއޮތް އަޅިކުނިބޮނޑި ހދ. ކުނބުރުދޫއަށް ގެންދިއުމަކީ ކޮށްގެންވާނޭ ކަމެއް ނޫންކަމަށް ބުނެ އެންމެ ފުރަތަމަ ކަންޑުވުން ފާޅުކުރެއްވި އެއް ފަރާތަކީ ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު އާތިފް އެވެ.
އާތިފް ކަންބޮޑުވުން ފާޅުކުރެއްވުމުގެ ގޮތުން ބުނީ، މާލެ ކައިރީގައި ގުޅީފަޅު، އުތުރުތިލަފަޅު، ހުޅުމާލެ 3 ވަނަ ފިޔަވަހި އަދި ފުށި ދިއްގަރުފަޅު ކަހަލަ ބޮޑެތި ފަޅުތައް ރައްޔިތުންގެ ޓެކްސް ފައިސާއިން ހިއްކަމުންދާއިރު، ހދ. އަތޮޅު ފަދަ ފަޅުރަށްތައް މަދު އަތޮޅުގެ މެދުގައި އޮތް ގުދުރަތީ ރީތި ރަށަކަށް މުޅި ޤައުމުގަ އުފެދޭހާ ކުނި ޖަމާކުރުމަކީ ބަލައިގަނެވޭނޭ ކަމެއްނޫން ކަމަށާއި، އެއީ މި ސަރަހައްދުގެ ކުނިވެސް ޖަމާކުރަން އެންމެ ރަނގަޅު ރަށް ނޫންކަމަށެވެ.
މި ސަރުކާރުން ތިލަދުންމައްޗަށް ތަރައްޤީގެ އެއްވެސް ކަމެއް ނުކޮށްދީ ކުއްލިއަކަށް ގޮނޑުއުކާތަނަކަށް ހަދަން އުޅުމަކީ މުޅި އަތޮޅުގެ ރައްޔިތުން ހިތްހަމަޖެހޭނެ ކަމެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު