ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރު ކޮށްދެވިފައިނުވާ މައްސަލައެއްގައި މެޓާ ކުންފުނީގެ ފޭސްބުކް އާއި އިންސްޓަގްރާމް 576 މިލިޔަން ޑޮލަރުން ޖޫރިމަނާވާކަމަށް ނިއު މެކްސިކޯގެ ފަނޑިޔާރަކު ހުކުމް ކޮށްފި އެވެ.
އެ ހުކުމުގައި ބުނެފައިވަނީ މެޓާގެ ސޯޝަލް މީޑިޔާ މަންސަތައް ކަމަށްވާ ފޭސްބުކާއި އިންސްޓަގްރާމުން ކުޑަކުދިންނާއި ޅަޒުވާން ކުދިންގެ ނަފުސާނީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރު ކުރާކަމަށެވެ. އަދި ޖޫރިމަނާގެ އެއްބައިގައި ހިމެނެނީ މިދިޔަ މާރޗް މަހުގެ ތެރޭގައި ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމާއި ގުޅޭގޮތުން ދޮގު މަޢުލޫމާތު ފެތުރުމުގެ މައްސަލައެއްގެ ޖޫރިމަނާއެވެ.
މިއީ އެމްނެސްޓީ އިންޓަރނޭޝަނަލުން ފިޔަވަޅު އެޅުމަށް ގޮވާލަމުން ގެންދާތާ ވަރަށް ގިނަ ދުވަސްވެފައިވަ މައްސަލައެކެވެ. އެ ޖަމިއްޔާއިން ތުހުމަތުކުރާގޮތުގައި ސޯޝަލް މީޑިޔާ މަންސަތައް ފަރުމާކޮށްފައިވަނީ ގިނަ ބަޔަކު ބައިވެރިކޮށްގެން ބޮޑު ނަފާ ހޯދުމުގެ މައްޗަށެވެ. ބޭނުންކުރާ މީހުންގެ ރައްކާތެރިކަމާއި، ނަފުސާނީ ދުޅަހެޔޮކަމަށް ބެލިފައިނެތް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު