ގެނެއްސާ އޮންނާނީ، ފިއްތާލައިގެން ތިބެލާ – އަހުސަން / ފޯކައިދޫ ފެނަކަ

މިލައުތުރު | 4 އޮގަސްޓު 2026 | ޚަބަރު

ށ. ފޯކައިދޫއަށް ފެނަކައިން ބޮޑު ޖަނަރޭޓަރެއް ގެނެސް ކަރަންޓުގެ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދިއްޖެ ކަމަށް ބުނިފަހުން ވެސް އެކި ސަރަހައްދުތަކުން ކަރަންޓު ކަނޑާތީ، އާއްމުންގެ ޝަކުވާ ބޮޑުވުމުން ފޯކައިދޫ ފެނަކައިގެ އިސްވެރިޔަކު ފޭސްބުކްގައި ރައްޔިތުންނަށް ވަރަށް ހަޑިކޮށް ބަވާލައިފި އެވެ.

ގެނެއްސާ އޮންނާނީ ފިއްތާލައިގެން ތިބެލާ އަދިވެސް ކުރިޔަށް ހުރީ، ހަމަ ދިމަދިމަޔަށް ބާރުކުރާ ވަަރަކަށް، މިކަހަލަ އަޑުކިޔާނެ، ނިންމާނެ އެއްޗެހި އަންނަ ވަރަކަށް ލަގޮނޑިއަށް ބާރުކުރާނެ.

Advertisement

ފޭސްބުކްގައި ކަންބޮޑުވުން ފާޅުކުރާ ފަރާތްތަކަށް ރައްދު ދިނުމުގެ ގޮތުން އަހުސަން މިގޮތަށް ވާހަކެއްކުމުން ގިނަ ބަޔަކު ވަނީ އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. ހިތްހަމަނުޖެހުން ފާޅުކުރި ބައެއް މީހުން ބުނީ، ދައުލަތުގެ މުއައްސަސާތަކުގެ ވެރިން ހަޑި ހުތުރުބަހުން ރައްޔިތުންނަށް ރައްދު ދިނުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

މި ބަހުސް ފިނިކުރުމުގެ ގޮތުން ރަށުގެ ވެރިން ވެސް ނަޞޭޙަތުގެ ޕޯސްޓުތައް ވަނީ ހިއްސާކޮށްފައެވެ. މަޢުލޫމާތު ލިބޭގޮތުގައި ކަރަންޓު ކެނޑުމުގެ މައްސަލައަށް އަދިވެސް ހައްލެއް ނުލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.