އީރާން މައްސަލައިގާ އެންމެ ފަހުން ދުނިޔޭގެ ބާރުވެރިޔާ ކުޑައަޅައިފި.

މިލައުތުރު | 3 އޮގަސްޓު 2026 | ޚަބަރު

ދުނިޔޭގެ ޗާޓުން އީރާން ފުހެލާނެ ކަމަށް ފުލުފުލުގައި ބުނަމުންގެންދިޔަ ދުނިޔޭގެ އެންމެ ބާރުގަދަ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕަށް މެދުއިރުމަތީގެ މައްސަލައިގާ ކުޑައަޅަން ޖެހިއްޖެ އެވެ.

އޭނާ މިހާރު ބުނަނީ ޙަމަލާދިނުން މަޑުޖައްސާލީ ކާމިޔާބު މަޝްވަރާތަކެއް ކުރެވެމުންދާތީ ކަަމަށެވެ. އަދި މިފަހަރު އެމެރިކާ ބޭނުންވާ ޒާތުގެ ޑީލެއް އަތުޖެހޭނެ ކަމަށެވެ.

Advertisement

އީރާނުން ބުނަނީ އެމެރިކާގެ ރައީސަކީ ދޮގުހަދާ މީހެއް ކަމަށާއި، އޭނާ ދުރުރާސްތާ ހަމަލާތައް މިހާރު ދެމުންގެންދަނީ ސޯޝަލް މީޑިޔާގައި ކަމަށެވެ. އަދި އޭނާ ދައްކާ އެއްވެސް ވާހަކައަކަށް އީރާން ނުލެނބޭނެ ކަމަށެވެ.

ބައެއް މީހުން ބުނާގޮތުގައި އެމެރިކާގެ އިޤްތިޞާދު އިނދަޖެހެމުންދާތީ، ޚުދު ޓްރަމްޕް ވެސް ހުރީ ވަތްތަނަކުން ނިކުންނަން ނޭނގޭ ހާލުގައި ކަަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.