ށ. ފޯކައިދޫގެ އެކި ސަރަަޙައްދުތަކުން ކަރަންޓު ކަނޑާތީ ޝަކުވާ ބޮޑުވެއްޖެ.

މިލައުތުރު | 2 އޮގަސްޓު 2026 | ޚަބަރު

ށ. ފޯކައިދޫ ފެނަކައިން ފޯރުކޮށްދޭ ކަރަންޓުގެ ޚިދުމަތް މެނޭޖުކުރުން ބޮއްސުންލުމުގެ ސަބަބުން ރަށުގެ އެކި ސަރަޙައްދުތަކުން އިރުއިރުކޮޅުން ކަރަންޓު ކަނޑާތީ، އާންމުން ޝަކުވާކުރަން ފަށައިފި އެވެ.

އެ ރަށުން ވާހަކަދެއްކި މީހަކު ބުނިގޮތުގައި މިއީ މީގެ ކުރިން ދުވަހަކުވެސް ތަޖުރިބާކުރަން ޖެހުނު ހިތްދަތިކަމެއް ނޫން ކަމަށާއި، ސަރުކާރު ބަދަލުވުމާއެކު މުޅި ފެނަކަ ޚަރާބު ވެއްޖެ ކަމަށެވެ. ކުރީ ސަރުކާރުގެ ދުވަސްވަރުގައި ގެނެސްފައިހުރި، ކޭބަލްތަކާއި، ވެހިކަލްތަކާއި، އެހެނިހެން އާލާތްތައް އެއްވެސް އަޅާލުމެއްނެތި، ދޫކޮށްލާފައިވާ ކަމަށާއި، ޒިންމާ ނަގާނެ ފަރާތެއް ނެތް ކަމަށެވެ.

Advertisement

އަދި ސައްތައާ ގާތްކުރާ އަދަދަކަށް މުވައްޒަފުން ތިބޭ ކަމަށާއި، މުޅިންވެސް ތިބެނީ ވެރިން ކަމަށާއި، ސިޔާސީ ނުފޫޒާއެކު ލިބިގެންވާ ފަރާތްތައް ކަމަށާއި، ޒިންމާދާރު ކުރެވޭނެ ގޮތެއް ނެތް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.