ރޮނާލްޑޯ އާއި ޖޯޖީނާގެ އަލަތު ކައިވެންޏަށް ފަހު ކުރާނެ ކަމަކާ ދޭތެރޭ ވިސްނަނީ…

އުސްތާޛް ޒަކީ | 2 އޮގަސްޓު 2026 | ޚަބަރު

މިހާރުވެސް ފަސް ދަރިން ތިބޭ ރޮނާލްޑޯ އާއި ޖޯޖީނާ ރޮޑްރިގޭޒްގެ އަލަތު ކާވެންޏަށް ފަހު ކުރާނެ ކަމަކާ މެދު ވިސްނުމުގައި ވަގުތު ހޭދަކުރަން ޖެހިފައިވާ ކަމަށް އެ ދެމީހުންނާއި ހަވާލާދީ ބައެއް ލައިފް ސްޓައިލް ބްލޮގްތަކުގައި ލިޔަމުން އެބަ ގެންދެއެވެ. އެ ދެމީހުން އެންގޭޖްވެފައި ވަނީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައެވެ. އަދި ޖޯޖީނާގެ އިނގިލީގައި އަޅުވާލަދިނީ 5 މިލިޔަން ޑޮލަރުގެ އަގު ބޮޑު އަނގޮޓީއެކެވެ.

ރޮނާލްޑޯ ބުނީ އެ އެންގޭޖްމަންޓުގެ ކަންތައްތައް ހިނގާދިޔައީ ކުއްލިގޮތަކަށް ކަމަށާއި، ކާވެނިވެސް ކުރަން މިޖެހުނީ އެހާ ކުއްލި ގޮތަކަށް ކަމަށެވެ. އޭނާގެ ކިޔައިދިން ގޮތުގައި އެއް ރޭ ރައްޓެއްސަކު ދިން އަނގޮޓިއެއް ޖޯޖީނާއަށް ދޭން އުޅެނިކޮށް އެމީހުންގެ އެންމެ ޅަ ދެ ކުދިން ނިދާފައި ތިބެފައި ކުއްލިއަކަށް ހޭލާފައި ދުވަމުން އައިސް “މަންމައާ އެންގޭޖްކުރަން އަނގޮޓި ދެނީހޭ” އެހުމުން ކުރެވުނު އާދަޔާ ޚިލާފު އިހުސާސާއެކު ހަމަ އެވަގުތު ކައިވެންޏަށް އެދި އެކުދިންގެ އުންމީދު ހާސިލް ކޮށްދިނީ ކަމަށެވެ.

Advertisement

މިހާރު ދެން އެންމެ ބޮޑަށް ވިސްނެނީ ކާވެންޏަށް ފަހު ދެ މީހުން ކުރާނެ ކަމަކާ ދޭތެރޭގައި ކަމަށާއި، މިހާ ކުއްލި ގޮތަކަށް އެހާ ބޮޑު ކަމެއް ކުރަންޖެހުމުން ވަރަށް ހާސްވާ ކަމަށެވެ. ޖޯޖީނާ ހުރީ ވަރަށް އުފަލުން ކަމަށާއި، ކާވެންޏަށް ފަހު އުޅެންޖެހޭނީ ކިހިނެތްތޯ ސުވާލުކުރާ ކަމަށް ވެއެވެ. އަދި ދޮށީ ސޮރަކީ ވެސް ކޮން މައެއްގެ ދަރިއެއް ކަމެއް ހާމައެއް ނުކުރެއެވެ. އެއީ ވެސް ކާވެނިން ބޭރުގައި ލބިފައިވާ ދަރިއެކެވެ. އަންނަ ހަފުތާގެ ބަންދުގައި ކުރުމަށް ހަމަޖެހިފައިވާ ކާވެނީގެ ކުރިން ޖޯޖީނާއަށް ވެސް ވަނީ ހަތަރު ކުދިން ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.