ށ. މިލަންދޫ ފެނަކައިން 16 މުވައްޒަފުން އަދި ހަމަ އެދާއިރާގައި ހިމެނޭ ށ. ފީވަކު ފެނަކައިން 7 މުވައްޒަފުން ވަކިކޮށްފި އެވެ.
ސަރުކާރު ކުންފުނިތަކުގެ ހިންގުމުގެ ޚަރަދުތައް ކުޑަކުރުމަށް އަޅަމުން ގެންދާ ފިޔަވަޅެއްގެ ގޮތުން މިހާރު އެންމެ ބާރަށް އިވޭ އެއް އަޑަކީ ފެނަކަ މުވައްޒަފުން ވަކިކުރާ ވާހަކައެވެ. އަތޮޅުތަކުގައި އެންމެ ގިނަ މުވައްޒަފުން މަސައްކަތްކުރަނީ ފެނަކަ ކޯޕަރޭޝަނުން ހިންގާ އިންޖީނުގެތަކުގައެވެ.
ކުރިން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އެއްވެސް މުވައްޒަފަކު ވަކި ނުކުރައްވާނެ ކަމަށެވެ. މިއަދު ވިދާޅުވަނީ ކުންފުނިތައް ހަރުދަނާ ކުރުމަށް ކޮންމެހެން ކުރައްވަން ޖެހޭ ކަންތައްތަކެއް ހުރި ކަމަށެވެ. އެހެންކަމުން ބެލެވޭގޮތުގައި އެ ވިދާޅުވާ ކޮންމެހެން ކުރައްވަން ޖެހޭ ކަމަކީ މުވައްޒަފުން މަދުކުރުން ކަމުގައި ވެދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު