އައްޑޫ ފެނަކައިން ގިނަ މުވައްޒަފުންތަކެއް ވަކިކުރުމުން މުޒާހަރާ ކޮށްފި.

މިލައުތުރު | 27 އޮގަސްޓު 2026 | ޚަބަރު

އައްޑޫ ފެނަކައިން އެއްފަހަރާ ގިނަ އަދަދެއްގެ މުވައްޒަފުންތަކެއް ވަކިކުރުމުން އައްޑޫ ސިޓީ ހިތަދޫގައި މިއަދު ހަވީރު މުޒާހަރާ ކޮށްފި އެވެ.

Advertisement

މަޢުލޫމާތު ލިބޭގޮތުގައި އައްޑޫ ފެނަކައިން 200 އަށް ވުރެ ގިނަ އަދަދެެއްގެ މުވައްޒަފުން ވަނީ ވަކިކޮށްފައެވެ. އަދި މުވައްޒަފުން ވަކިކުރުމުގައި ސިޔާސީ ފިކުރަށް ބަލައިގެން ވަކިކުރުމާއި، ޚިދުމަތުގައި ދިގު މައްދަތެއް ހޭދަކޮށްފައިވާ މުވައްޒަފުން ވަކިކޮށްފައިވާތީ ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ.

މުޒާހަރާގެ ބައިވެރިން ތުހުމަތު ކުރާ ގޮތުގައި މުވައްޒަފުން ވަކިކޮށްފައިވަނީ ޕީއެންސީގެ މަޖިލިސް މެންބަރުން ދޭ ލިސްޓަކަށް ބަލައިގެންނެވެ. މުޒާހަރާގައި ވާހަކަދެއްކި ބައިވެރިޔަކު ބުނިގޮތުގައި ހިތަދުއަށް ނިސްބަތްވާ ގިނަ އަދަދެއްގެ މުވައްޒަފުން ވަކިކޮށްފައިވަނީ އެމްޕީ ރޯހިތުގެ އޯޑަރަށެވެ. އެމީހުން އެމްޕީ ރޯހިތު ކިޔަނީ އެމްޕީ އަޒާނަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.