ޑޮލަރުގެ އަގު އުފުލޭ ވާހަކައާ ގުޅޭ ޚަބަރު ލިޔެ އާއްމުކުރުން މަނާކޮށްފި.

މިލައުތުރު | 26 އޮގަސްޓު 2026 | ޚަބަރު

އެމްއެމްއޭން ކަނޑައަޅާފައިވާ އަގަށް ވުރެ ބޮޑުކޮށް ކަޅުބަޒާރުގައި ބޭރު ފައިސާ ވިއްކާކަމުގެ ހަބަރު މީޑިއާގައި ޖެހުން މަނާކޮށްފި އެވެ. އެގޮތަށް ފާސްކުރީ މިއަދު ބޭއްވި މަޖިލިސް ޖަލްސާގައި 47 މެންބަރުންގެ ވޯޓުންނެވެ. އެގޮތަށް ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 12 މެންބަރުންނެވެ.

އެމްއެމްއޭން ކަނޑައަޅާފައިވާ ރޭޓުގެ ބޭރުން ކުރާ ވިޔަފާރިއާ ގުޅޭ ރޭޓެއް ނުވަތަ އަގެއްގައި ބޭރު ފައިސާ ގަނެވިއްކުން އިޝްތިހާރުކޮށް ފެތުުރުމަށް ޑިޖިޓަލް ވަސީލަތްތައް ނުވަތަ އެ ނޫންވެސް އެހެން ގޮތަކުން އާއްމުކޮށް އެނގޭގޮތަށް މައުލޫމާތު ހާމަކޮށް، ޝާއިއުކުރުމަކީ މަނާކަމެކެވެ.

Advertisement

އެފަދަ ކަމެއް ކޮށްފިނަމަ އަދަބެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 25،000ރ. އާއި 500،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ. އަދި އެފަދަ ވާހަކަ އާއްމު ކުރަނީ ގާނޫނީ ޝަހުސަކުން ނުވަތަ ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިއަކުން ނަމަ، އަދަބަކީ 100،000ރ. އާއި 5 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.