ށ. ފޯކައިދޫއިން ކުއްލިގޮތަކަށް ވަކިކުރި މުވައްޒަފުންގެ އަދަދު 14 އަށް އަރައިފި އެވެ. ފޯކައިދޫ އެމްޑީޕީން އިހުތިޖާޖު ކުރުމަށް ތައްޔާރުވާން ފަށައިފި އެވެ.
ފޯކައިދޫން ވަކިކުރި މުވައްޒަފުންގެ ތެރޭގައި ފެނަކައިގާ ވަރަށް ދުވަސްވީ މުވައްޒަފުން ވެސް ހިމެނެއެވެ. އަދި އޭގެ ތެރޭގައި ކުރިން އެއްވެސް ނަޞޭޙަތެއް އިންޒާރެއް ދީފައިވާ ފަރާތެއް ވެސް ނެތެވެ. އެހެންކަމުން ރަށުގެ ގިނަ ބަޔަކު ދެކޭގޮތުގައި މިއީ އެތައް އާއިލާއަކަށް ދިން ވަރަށް ބޮޑު އަނިޔާއެކެވެ.
މަޢުލޫމާތު ލިބޭގޮތުގައި ފޯކައިދޫގައި އިދިކޮޅު ހަރަކާތްތައް ހުއްޓުމެއްނެތި ކުރިއަށް ގެންދާނެއެވެ. އަދި ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް މި އިހުތިޖާޖު ކުރިއަށް ގެންދަން ޖެހޭ ކަމަށް އެމީހުން ޤަބޫލް ކުރެއެވެ. ފޯކައިދޫ އަކީ ސައްތައިން ސައްތަ އެމްޑީޕީ ކައުންސިލެއް އޮންނަ ރަށެކެވެ. އެމްޑީޕީގެ ވަރުގަދަ ރަށެކެވެ. އެހެންކަމުން ހަރަކާތްތައް ވަރުގަދަ ވާނެ ކަމަށް ބެލެވެއެވެ.
މުވައްޒަފުން ވަކިކޮށްފައިވަނީ ނޯޓިސްގެ މުއްދަތަށްވާ ފައިސާ 14 ދުވަހުގެ ތެރޭގައި ދޭގޮތަށެވެ.

ކިޔުންތެރިންގެ ހިޔާލު