ރާއްޖެއިން މިއަހަރުގެ ފަރުޟު ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް މައްކާއަށް ދިޔަ އެންމެންނަށް ވެސް އަރަފާތަށް ދެވިއްޖެ ކަމަށް އިސްމާލީ ކަންތައްތަކާ ބެހޭ ވަޒީރު ކަށަވަރު ކޮށްދެއްވައިފި އެވެ.
މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވަޒީރު ވިދާޅުވީ ހޮސްޕިޓަލުގައި އެޑްމިޓްކުރި ހައްޖުވެރިޔާއަށް ވެސް އަރަފާތަށް ވާސިލުވެވިއްޖެ ކަމަށާއި އޭނާގެ ހާލުވެސް މިވަގުތަށް ރަނގަޅު ކަމަށެވެ. އެހެންކަމުން، ދިވެހި ހުރިހާ ހައްޖުވެރިން ވެސް ތިބީ އަރަފާތު ބިމުގަ އެވެ.
ހައްޖަކީ އަރަފާތު ކަަމަށް ވީ ހިނދު އަރަފާތު ބިމަށް ނުދެވޭ މީހަކަށް ހައްޖުގެ އަޅުކަން ފުރިހަމައެއް ނުވާނެ އެވެ. މާތް ﷲ ގެ ހެޔޮ ރަޙްމަތްފުޅުން ދިވެހި އެންމެހާ ހައްޖުވެރިންނަށް ވެސް ވަނީ އަރަފާތު ބިމަށް ދެވިފައެވެ.
ކިޔުންތެރިންގެ ހިޔާލު