ކޯޓު އަމުރަކާ ހިލާފުވެގެން 2 ރައީސުންގެ މައްސަލައެއް ކޯޓަށް ހުށައަޅައިފި!

ޝާން މުޙައްމަދު | 18 މޭ 2026 | ޚަބަރު

ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރަކާ ޚިލާފުވެ، ކޯޓުގެ ހުރުމަތް ކަނޑާފައިވާ ކަމަށް ބުނެ ކުރީގެ ދެ ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި އަބްދުﷲ ޔާމީންއާ ދެކޮޅަށް އަމިއްލަ ފަރާތަކުން ކްރިމިނަލް ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަމިއްލަ ފަރާތަކުން ހުށައެޅި މި މައްސަލައިގައި ސަރުކާރުގެ ބައެއް އިސްވެރިންވެސް ކޯޓުގެ އަމުރާ ހިލާފުވިކަމަށް ބުނެފައިވެއެވެ.

އެނގިފައިވާ ގޮތުގައި މި މައްސަލަ ހުށަހަޅާފައިވަނީ “އަދަދު” ނޫހުން ތައްޔާ
ރުކުރި “އައިޝާ” ޑޮކިއުމެންޓަރީ ދައުރުކުރުން މަނާކޮށް، އެއާ ގުޅޭ އެއްވެސް ވާހަކައެއް ދެއްކުން މަނާކޮށް ކްރިމިނަލް ކޯޓުން ނެރުނު “ގެގް އޯޑަރާ” މި ބޭފުޅުން ޚިލާފުވަމުންދާ ކަމަށް ބުނެއެވެ. އެގޮތުން މެއި 11 ގައި ނެރުނު މި އަމުރުގައި ހުރިހާ ރައްޔިތުންގެ މައްޗަށް އެ ވީޑިއޯއާ ގުޅޭ ވާހަކަތައް ސީދާގޮތުންނާއި ނުސީދާގޮތުން ދެއްކުން ވަނީ މަނާކޮށްފައެވެ. ނަމަވެސް، ރައީސް ނަޝީދާއި ރައީސް ޔާމީންގެ އިތުރުން މަޖިލިސް މެންބަރުން ކަމަށްވާ ކުޑޫ، މީކާއިލް، ޒިޔާދު، އަމީން ފައިސަލް އަދި ސީދާ ރައީސް މުއިއްޒުވެސް އެކި ސްޕީޗުތަކުގައި މި އަމުރާ ޚިލާފުވެފައިވާކަން ހުށަހެޅި މައްސަލާގައި ފާހަގަކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.