ފޯކައިދޫގެ މޫދައް އެރޭ ސަރަޙައްދުގައި ތަރައްޤީ ކުރި ފެންވަރާވަޑާން ޢާންމުންނަށް ބޭނުންކުރުމަށް ހުޅުވާލައިފިއެވެ. މިއީ ފޯކައިދޫގެ ހިންގުންތެރި ކައުންސިލްގެ ފަރާތުން ރައްޔިތުންނަށް ދެއްވި ވަރަށް ފުރިހަމަ ހަދިޔާއެކެވެ. ރަށުގެ ޒުވާނުންތައް އެތަނުން ފެންވެރުމާއި ސްނެޕްކުރުމުގައި އަވަދި ނެތި އުޅޭކަމަށް ކައުންސިލް ގައި މަސައްކަތް ކުރައްވާ ބޭފުޅަކު ވަނީ މިނޫހަށް މަޢުލޫމާތު ދެއްވާފައެވެ. އަދި ފޯކައިދޫ ކައުންސިލްގެ ހިންގުންތެރި، ހީވާގި ރައީސް އަޙްމަދު އާސިފް އަށް ޝުކުރު އަދާކުރެއްވިއެވެ.
މި ފެންވަރާވަޑާން ތަރައްޤީކޮށްފައި ވަނީ ވަރަށް ވެސް ފެންވަރު ރަގަޅު ވަޞީލަތްތައް ބޭނުންކޮށްގެން ގިނަ ދުވަހަށް ހަލާކުނުވެ ބޭނުން ކުރެވޭނެ ގޮތަށެވެ. ހަތަރު އަރިއަށް ހަދާފައިވާ މި ފެންވަރާވަޑާމުގައި އެއްވަގުތެއް ގައި 4 މީހުންނަށް ފެންވެރޭނެއެވެ. މިއީ ފެނަކަ ކޯޕަރޭޝަން އިން އުފައްދާ މޮޅު ފެން 24 ގަޑީ އިރު ލިބެން ހުނާނެ ފެންމުޑިއެކެވެ.