މިލައުތުރު

މުލީ އެއާޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢަށް އެކަށީގެންނުވާ މިންވަރަށް ޚަރަދު ވެއްޖެ – ވަޒީރު

މ. އަތޮޅު މުލީގައި ހިންގި އެއާޕޯޓު އެޅުމުގެ މަޝްރޫޢަށް ޖުމްލަ 540 މިލިއަން ދިވެހި ރުފިޔާ ޚަރަދުވެފައިވާ ކަމަށާއި އެއީ އަތޮޅުގައި ދިރިއުޅޭ ކޮންމެ މީހެއްގެ ބޮލަކަށް އެއްލައްކަ ރުފިޔާ ވަރު ކަމަށް ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.

ވަޒީރު އެހެން ވިދާޅުވީ މިއަދު ހެނދުނު މުލީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ވަޒީރު އިތުރަށް ވިދާޅުވީ އެކި ސަބަބުތަކާ ގުޅިގެން އެއާޕޯޓުގެ މަޝްރޫޢު 11 އަހަރަށް ދިގުލައިގެން ގޮސްފައިވާ ކަމަށެވެ. މުލީ އެއާޕޯޓް މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ބިން ހިއްކަން ފެށީ 2014 ވަނަ އަހަރު ގައެވެ. އެއާޕޯޓް އެޅުމުގެ ޢަމަލީ މަސައްކަތް ފެށިފައިވަނީ 2021 ވަނަ އަހަރު ގައެވެ. މުލީ އެއާޕޯޓް އެޅުމުގެ މަސައްކަތް ކުރީ އެމްޓީސީސީންނެވެ.

2022 ވަނަ އަހަރުގެ ބޯހިމެނުމުގައި ވާގޮތުން މ. އަތޮޅުގެ އާބާދީ އަކީ 5،490 މީހުންނެވެ.