މިލައުތުރު

ޓިކްޓޮކް އަމްޖޭ ހަމަލޮލުން ދެކިލަން ބޭނުންތޯ؟

ރާއްޖޭގެ މަޝްހޫރު ޓިކްޓޮކް ތަރި ޢަލީ އަމްޖަދު (އަމްޖޭ) ބޮޑު ޢީދުގެ 5 ދުވަހު ވެސް ށ. ފޯކައިދޫ ގައި ހުންނަ ގޮތަށް ހަމަޖެހިފައިވާ ކަމުގެ މަޢުލޫމާތު ލިބިއްޖެއެވެ. އަދި އަމްޖޭގެ ސަޕޯޓަރުންނަށް ވަގުތު ދޭނެކަމަށާއި، އަމްޖޭ ހަމަލޮލުން ބަލައިލަން ބޭނުންވާ ފަރާތްތަކުން ޢީދަށް ފޯކައިދޫ އަށް ޒިޔާރަތްކުރުމުން އެފުރުޞަތު ލިބޭނެއެވެ. މިއީ އަމްޖޭގެ ކްރޭޒީ ފޭންސް އަށް ލިބުނު ވަރަށް ވެސް އުފާވެރި ޚަބަރެކެވެ. އެހެނީ އަމްޖޭ އާއި އެކު ސެލްފީ ނެގުމާއި، ޓިކްޓޮކް ލައިވްތަކުގައި ވެސް ބައިވެރިވެލުމުގެ ފުރުޞަތު ލިބޭނެއެވެ. ފޯކައިދޫ އަކީ އަބަދުވެސް ޢީދު ފޯރި ގަދަ ރަށެކެވެ. އެހެން ނަމަވެސް އަމްޖޭ ފަރާތުން އެއްވެސް ސްޓޭޖް ޕަރފޯމަންސްއެއް އޮތްކަން އަދި ޔަޤީނެއް ނޫނެވެ. އެހެން ނަމަވެސް ކުޅިވަރުތަކުގެ ހަވާސާގައި އަމްޖޭ އާއި ބައްދަލުކޮށް ވާހަކަދައްކާ ސަލާން ގަލާން ކުރުމުގެ ފުރުޞަތު ލިބޭނެއެވެ.

އަމްޖޭގެ އުފަން ރަށަކީ ށ. ފޯކައިދޫ ކަމުގައި ވުމުން އާއިލާ އާއި އެކު ވަގުުތު ހޭދަކުރާނެއެވެ. މިއީ އަމްޖޭގެ ފަރާތުން މިފަހަރުގެ ބޮޑު ޢީދުގައި ޚާއްޞަ ޝޯވްއެއް ނުބޭއްވުމުގެ މައިގަނޑު އެއް ސަބަބު ކަމުގައި ވެދާނެއެވެ. މުޅި އަހަރު ދުވަހު ބުރަކޮށް މަސައްކަތް ކުރުމަށް ފަހު އަރާމުކޮށްލަން ވެސް ބޭނުންވާނެ ކަމަށް އަމްޖޭގެ އޭޖެންޓް މިލައުތުރަށް މަޢުލޫމާތު ދެއްވަމުން ފާހަގަކުރެއްވިއެވެ.

ޚަބަރުތައް ލިބޭގޮތުގައި ފެރީތަކުގެ ޓިކެޓަށް ޑިމާންޑް ބޮޑުވެ ޖާގަތައް ފުލްވެއްޖެއެވެ. މިއީ މީގެ ކުރިން ދުވަހަކު ދިމާވި ގޮތެއް ނޫންކަމަށާއި، މިއީ އަމްޖޭގެ ދަތުރުގެ އަސަރުތައް ކަމުގައި ޚިދުމަތްދޭ ފަރާތްތަކުން ބުނެއެވެ. އަދި އިތުރު ލޯންޗުތައް ބާއްވަން ޖެހިދާނެކަމަށް ވެސް މަޢުލޫމާތު ލިބެއެވެ. މިފަހަރު އަމްޖޭ ހަމަލޮލުން ދެކިލުމަށް ފޯކައިދޫ އަށް ގޮސްލަމާތޯއެވެ.

3 Replies to “ޓިކްޓޮކް އަމްޖޭ ހަމަލޮލުން ދެކިލަން ބޭނުންތޯ؟”

  1. Kheeraage

    Rashah faavefa huri bodu balaa eh thee …

  2. Ilham

    Thee dhen liyumehtha ottareh hunna ehchehi liyebala

  3. Haha

    Forh kahala habaru nuliyebala

މި ލިޔުމަށް 48 ގަޑިއިރު ހަމަވެފައި