މިލައުތުރު

ރައީސް އިބޫގެ ބޮޑެތި ވަޢުދުތަކެއް ނޫމަރާ އަށް

ކެމްޕެއިން ދަތުރުފުޅެއްގައި ށ. އަތޮޅުގެ ހުރިހާ ރަށަކަށް ޒިޔާރަތްކުރެއްވުމުގެ ތެރެއިން ނޫމަރާ އަށް ވަޑައިގެން ބޮޑެތި ކަންތައްކަތެއް ވަޢުދުވެވަޑައިގެންފިއެވެ. އޭގެ ތެރޭގައި އޮޑިދޯނި ފަހަރު އެހެލާނެތަނަކާއި، އެރަށާއި ކައިރި ހިސާބެއްގައި ކަނދުފައްޗެއް އަޅުއްވައިދެއްވުން ހިމެނެއެވެ. ނޫމަރާ އަކީ އޮޑިދޯނި ފަހަރު ގިނަ އަދި މަސްވެރިކަމާއި ދަނޑުވެރިކަން ކުރާ މީހުން ގިނަ ރަށެކެވެ. އެހެންކަމުން މިއީ ނޫމަރާގެ މަސްވެރިންނަށް ލިބުނު ވަރަށް އުފާވެރި ޚަބަރެކެވެ. އަދި ބައެއް މީހުން ދެކޭގޮތުގައި މިއީ ވަރަށް ގިނަ ބައެއްގެ ދިގު އިންތިޒާރަކަށް ނިމުން އައުމުގެ ކޮޅުމަތި ކަމުގައެވެ.

ނޫމަރާ އަކީ ގާމަތި ރަށެއްކަމުގައި ވާތީ އާއި އާބާދީ ކުޑަ އެކަހެރި ރަށެއްކަމުގައި ވެސް ވާތީ ކަމަށް ބުނެ ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ ޒަޢާމަތުގައި އެރަށުގެ މީހުން ށ. ފުނަދޫއަށް އަށް ބަދަލުކުރަން ނިންމެވިއެވެ. އަދި އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން އާބާދީގެ ބޮޑު ބައެއް ވަނީ ފުނަދޫއަށް ބަދަލުކޮށްފައެވެ.

އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ރައީސް ނަޝީދު ވަނީ އެއްފަސްކުރުމުގެ ސިޔާސަތު ހުއްޓާލައްވައި، ނޫމަރާގެ ރައްޔިތުން ބޭނުންވިގޮތަށް ރަށުގައި ދިރިއުޅުމަށް ޞަތުދެއްވާފައެވެ. އަދި ލަފާފުރުމުގެ ދަތިކަން ފިލުވައިދެއްވުމުގެ ގޮތުން އެރަށުގައި ބަނދަރެއް ތަރައްޤީކުރުމަށް ބަޖެޓްކުރެއްވިއެއެވެ. އެމްޑީޕީގެ ފުރަތަމަ ވެރިކަމުގެ ދައުރުގެ ކުރީކޮޅުގައި، އޭރުގެ ނައިބު ރައީސް އެރަށަށް ޒިޔާރަތްކުރައްވައި، ރައްޔިތުންނާއި ބައްދަލުކުރެއްވި ޚާއްސަ ޖަލްސާއެއްގައި އޭރުގެ ރަށު ކައުންސިލަރ މުޙައްމަދު ނިޒާރު ކީރިތިކުރައްވަމުން ހުށަހެޅުއްވި ސިޓީފުޅަށް ޖަވާބުދެއްވައި، ލަފާފުރުމުގެ ދަތިކަން ޙައްލުކުރުމުގެ ވަޢުދުުުުުުުުުުުުު ފަށްފަށްކުރެއްވިއެވެ.

މިހާރު ނޫމަރާ އަކީ ވެސް ށ. އަތޮޅުގައި މީހުން ދިރިއުޅޭ 16 ރަށުގެ ތެެރެއިން ފާހަގަކޮށްލެވޭ ޚާއްޞަ ރަށެކެވެ. އަދި އެއީ އެއްފަސްކުރުމުގެ ސިޔާސަތަށް ނޫނެކޭ ބުނެ އުފަން ރަށުގައި ދިރިއުޅުމަކީ ބޮޑު އުފަލެއްކަން ކަށަވަރުކުރި ބައެކެވެ. އަދި ވަރަށް މަސައްކަތްތެރި ހީވާގި އަދި އެކުވެރި ރައްޔިތެއް ދިރިއުޅޭ ރަށެކެވެ.