މިލައުތުރު

އެމްޑީޕީ ކޮމަންޑޫ ދާއިރާގެ ރައީސް މުޙައްމަދު ޖަލާލް ރައީސުލްޖުމްހޫރިއްޔާ އާއި ބައްދަލުކުރެއްވުން

ކޮމަންޑޫ ދާއިރާގެ ރައީސް މުޙައްމަދު ޖަލާލް މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އާއި ބައްދަލުކުރައްވާ ދާއިރާގެ ތަރައްޤީ އާއި ގުޅޭ މުހިންމު މަޝްވަރާތަކެއް ކުރައްވައިފިއެވެ. އެގޮތުން މިހާރު ހިނގަމުންދާ ތަރައްޤީގެ މަޝްރޫޢުތަކާއި، ކުރިއަށް ރޭވިފައި ހުރި މަޝްރޫޢުތަކާއި، ވެރިކަމުގެ ދެވަނަ ދައުރެއްގައި ކުރިއަށް ގެންދިއުމަށް ގަސްދުކުރައްވާފައިވާ އިޖުތިމާޢީ، އިޤްތިޞާދީ އަދި ޢުމްރާނީ ތަރައްޤީގެ ޕްރޮގްރާމްތަކާ ގުޅޭގޮތުން ދެރައީސުން މަޝްވަރާކުރެއްވިއެވެ. ކޮމަންޑޫ ދާއިރާ ފާހަގަކުރެވެނީ އެމްޑީޕީ އާއި އެމްޑީޕީގެ ސަރުކާރަށް ބޮޑު ތަރުޙީބެއް ލިބޭ ދާއިރާއެއްގެ ގޮތުގައެވެ. އެހެންކަމުން އަންނަ ރިޔާސީ އިންތިޚާބުގައި ކޮމަންޑޫ ދާއިރާގެ ސާފު އަޣުލަބިއްޔަތު މިހާރުގެ ރައީސަށް ލިބިވަޑައިގަންނަވާނެ ކަމަށް ލަފާކުރެވެއެވެ.

އެހެން ހުރިހާ ދާއިރާތަކާ ޚިލާފަށް ކޮމަންޑޫ ދާއިރާ ފާހަގަކުރެވެނީ ދާއިރާ ތަމްސީލުކުރައްވަން ރައްޔިތުންގެ މަޖިލިސްގެ ޢިއްޒަތްތެރި މެންބަރެއް ހުންނެވި ކަމުގައި ވިޔަސް ދާއިރާގެ ތަރައްޤީގެ ކަންކަމުގައި ދާއިރާ ރައީސް އިސްނަންގަވާކަމެވެ. އަދި ޖަލާލް (ޖަލާ) އަކީ އެމްޕީ ރާޑޯއާ ޚިލާފަށް ވަރަށް ހިތްތިރި ޒުވާނުންނާ ގުޅޭ ބޭފުޅެއްގެ ގޮތުގައެވެ.