މިލައުތުރު

ނ. މާފަރުން ގިނަ ބަޔަކު ދަ ޑިމޮކްރެޓްސް އާއި ގުޅިއްޖެ

ނ. އަތޮޅަކީ އެމްޑީޕީ އާއި އެމްޑީއޭގެ ފުރިހަމަ ކޮންޓްރޯލުގައި އޮތް އަތޮޅެއްގެ ގޮތުގައި މަޝްހޫރުވެފައި ވަނިކޮށް މާފަރުން ގިނަ އަދަދެއްގެ މީހުން ކުއްލިގޮތަކަށް ދަ ޑިމޮކްރެޓްސް އާއި ގުޅިއްޖެއެވެ. ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް ކެންޑިޑޭޓް އިލްޔާސް ލަބީބު އާއި އެކު ރައީސް ނަޝީދު އެރަށަށް ދިއުމުން ކުރިން އެމްޑީޕީގައި އިސްކޮށް މަސައްކަތް ކުރެއްވި ވަރަށް ގިނަ ބަޔަކު ޝަކުވާތަކާއި އެކު އެމަނިކުފާނާ ބައްދަލުކުރައްވައި އުފަލުން ތިބެ ސޮއި ކުރަން ބޭނުންވިއެވެ. އަދި އެމީހުންގެ ހިތްތަކުގެ ރައީސް އާއި ބައްދަލުވުމުން ހިތްހަމަޖެހުމުގެ ޝުޢޫރުތައް ފާޅުކުރެއްވިއެެވެ. އަދި އެމީހުން ޕާޓީއަށް ވަނުމަށް އެދި ފުރި މެމްބަރޝިޕް ފޯމުތަކުގައި ހެކިވެރިއެއްގެ ގޮތުގައި ސީދާ އެމަނިކުފާނު ވަނީ ސޮއިކުރައްވާފައެވެ.

މާފަރުން ވާހަކަދެއްކި ބައެއް މީހުން ބުނާގޮތުގައި އެމްޑީޕީއަށް މެޖޯރިޓީ ލިބުނަސް ދެން ލިބޭނީ ވަރަށް ހަނިގޮތަކަށް ކަމަށާއި، އެމްޑީއޭ އިން އަބަދުވެސް މީހުން ނެރެނީ ފައިސާ ދީގެންކަމަށާއި، އެމީހުންގެ ވޯޓެއް ކަށަވަރެއް ނުކުރެވޭ ކަމަށެވެ. އަދި މިހާރު މިވީގޮތުން ދަ ޑިމޮކްރެޓްސް އިން ފުދޭވަރަކަށް ވާންކުރާނެކަމަށެވެ. އަދި ޕީޕީއެމް ވެސް ހަމަ ގަދަކޮށް އޮތްކަމަށެވެ. މާފަރުން ވާހަކަދެއްކި އެހެން މީހަކު ބުނިގޮތުގައި ރައީސް ނަޝީދު ކުރައްވަނީ ވަރަށް ކާމިޔާބު ކެމްޕެއިނެއް ކަމަށާއި، އަސްލު އެމްޑީޕީގެ ޢާންމު މެންބަރުންނަށް އެމަނިކުފާނު ވަޑައިގަތުމުން ވަރަށް އަސަރުކުރާކަމަށެވެ. އަދި ހައިރާންވާ ކަމަކީ އެމަނިކުފާނުގެ އެހުންނަ ހިތްތިރިކަމާއި، ގުޅުންތެރިކަމަށް އެއްވެސް ބަދަލެއް ނާންނަކަމެވެ.

މިދަތުރުފުޅުގައި ކޮންމެ ރަށެއްގައި ވެސް ފުދޭވަރެއްގެ ވަގުތެއް ހޭދަކުރައްވާ ކަމަށް މަޢުލޫމާތު ލިބެއެވެ. ރައީސް ނަޝީދުގެ ކެމްޕެއިން އެހެން ހުރިހާ ފަރާތްތަކެއްގެ ކެމްޕޭނާ ވެސް ތަފާތެވެ.

© 2023 milauthuru. All rights reserved.