މިލައުތުރު

ރައީސް ނަޝީދު ދޫކޮށްލުމަށް ފަހު އާސިފް ޕީޕީއެމަށް ސޮއި ކުރައްވައިފި

މުޙައްމަދު އާސިފް (ގޮއިދޫ ސޭޓް) އަކީ ގޮއިދޫ އޮފީހަށް އެންމެ ފުރަތަމަ އައްޔަނުކުރެވުނު ކައުންސިލަރެވެ. އެއީ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގެ ދުވަސްވަރުގައެވެ. އަދި އާސިފް އަކީ އެމްޑީޕީއަށް ވަރަށް ޚިދުމަތްތެރި އަދި ވަކިން ޚާއްޞަކޮށް ރައީސް ނަޝީދަށް ވަރަށް ވަފާދާރު ވޭފުޅެކެވެ. އެގޮތުން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދަށް ތާއީދުކުރެއްވުމުގެ އިތުރުން ފިކުރެއްގެ ދިރުން ގޮފި އުފެއްދުމުގެ މަސައްކަތުގައި އޭނާގެ އަމިއްލަ އޮފީސް ވަނީ ޖަގަހައެއްގެ ގޮތުގައި ބޭނުންކުރުމަށް ދެއްވާފައެވެ. ހުޅުމާލޭގައި އެޖަގަހަ ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ ވެސް ސީދާ ރައީސް ނަޝީދުއެވެ. އެހެން ނަމަވެސް، ދަ ޑިމޮކްރެޓްސް އުފެއްދުމުގެ މަސައްކަތުގެ ތެރެއިން އެއްވެސް ވަރަކަށް ފެނިފައެއް ނުވެއެވެ.

ގޮއިދޫ ސޭޓް މިހާރު ބޮޑަށް އުޅުއްވަނީ އަމިއްލަ މަސައްކަތްތައް ކުރެއްވުމުގައެވެ. އެގޮތުން އޭނާގެ އަމިއްލަ ކޮންސްޓްރަކްޝަން ކުންފުނީގެ ފަރާތުން ތަފާތު އެތަކެއް ކާމިޔާބު މަޝްރޫޢުތައް ނިންމަވާފައި ވެއެވެ. ދިގުމުއްދަތަަށް ގެދޮރު އިމާރާތްކުރުމާއި، ހާޑްވެއެރ ފިހާރައެއްގެ އިތުރުން ގެސްޓްހައުސް ވިޔަފާރި ވެސް ކުރައްވައެވެ. ސޭޓް ޢާންމުކޮށް ދިރިއުޅުއްވަނީ ހުޅުމާލޭގައި ކަމަށާއި، ށ. ގޮއިދުއަށް އުފަން އާސިފް އަކީ މިހާރު ހދ. ހަނިމާދޫގެ ރައްޔިތެއްކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ. އަދި ޑރ. މުޢިއްޒުއަށް ކެމްޕެއިން ކުރެއްވުމަށްޓަކައި އޭނާ ވަނީ ޕީޕީއެމަށް ސޮއި ކުރައްވާފައެވެ.

© 2023 milauthuru. All rights reserved.