ރާއްޖޭގައި މިވަގުތު އޮތް އެންމެ ހަގު ސިޔާސީ ޕާޓީ އަކީ ދަ ޑިމޮކްރެޓްސްއެވެ. މިޙަޤީޤަތް އެހެން އޮތްކަމުގައި ވިޔަސް އަންނަ ރިޔާސީ އިންތިޚާބުގައި އެޕާޓީގެ ފަރާތުން ވެސް ރިޔާސީ ކެންޑިޑޭޓަކު ވާދަކުރައްވައެެވެ. އަދި ގިނަ ބަޔަކު ދެކޭގޮތުގައި އެހާ ހަގު ޕާޓީއަކަށް ރިޔާސީ އިންތިޚާބުގައި ވާދަވެރި ނަތީޖާއެއް ނުނެރެވޭނެއެވެ. އެހެނީ ޕާޓީގެ ދަފުތަރުގައިި އަދި 10 ހާސް މެންބަރުން ވެސް ހަމަ ނުވާތީއެވެ. އެހެން ނަމަވެސް އެންމެ ބޮޑު ދެ ސިޔާސީ ޕާޓީ ފަދައިން މިއަދު އައްޑޫ ސިޓީ މަރަދޫގައި އެމީހުން މަގުމައްޗަށް ނިކުމެ އެންމެ ބޮޑު ޕާޓީ އާއި އެންހަމައެއްގައި މަންޒަރު ދައްކާލައިފިއެވެ. އެގޮތުން ދަ ޑިމޮކްރެޓްސްގެ ދިދަ އާއި ބެނާތައް ހިފައިގެން ނިކުތް މީހުންގެ ޢަދަދު ގިނަކަމުން ކޮޅާކޮޅު ނުފެނެއެވެ.
މިމަންޒަރުތައް ތަރުޖަމާކުރައްވާ ސިޔާސީ މާހިރުން ދެކެވަޑައިގަންނަވާ ގޮތުގައި، އެންމެ ބޮޑެތި ސިޔާސީ ޕާޓީތަކާއި އެންހަމައެއް ގައި ދަ ޑިމޮކްރެޓްސް ވެސް ވާދަކޮށްފާނެއެވެ. އަދި އަންދާޒާކުރެވޭ ގޮތުގައި 35000 ވޯޓް ނުވަތަ އެއަށް ވުރެން ވެސް ގިނައިން އެމީހުން ކާމިޔާބު ކުރުމުގެ ފުރުޞަތު ބޮޑެވެ. އަދި އައްޑޫ ސިޓީ އިން ދައްކާލި މަންޒަރާ އެކު ރާއްޖޭގެ އެހެން ސަރަޙައްދުތަކުގައި ވެސް އެމީހުންގެ މަގުމަތީ ކެމްޕެއިން ރެލީތައް ވަރުގަދަ ކުރުމަކީ އެކަށީގެންވާ ކަމެކެވެ. މިއީ ޖުމުހޫރީ ޕާޓީ އާއި އެމްއެންޕީ ފަދަ ސިޔާސީ ޕާޓީތަކުން ބަލަންޖެހޭ ނަމޫނާއެކެވެ. އަދި މިއީ އެންމެ ބޮޑު ދެ ސިޔާސީ ޕާޓީއަށް ވެސް ދެވޭ ވަރަށް މުހިންމު މެސެޖަކަށް ވެގެންދާނެއެެވެ.