މިލައުތުރު

މިނިސްޓަރ ފައިސަލްއަށް ވިސްނިވަޑައިގެން ރައީސަށް ޝުކުރު އަދާކުރައްވައިފި.

ކުއްލިގޮތަކަށް ފަތުރުވެރިކަމާބެހޭ ވަޒީރުކަމުން އިބްރާހީމް ފައިސަލް ވަކިކުރެއްވުމުން ލިބިވަޑައިގަތް ކުއްލި ހައިރާންކަމުގައި ހިތްހަމަނުޖެހުން ފައުޅުކުރެއްވި ނަމަވެސް، އެމަނިކުފާނަށް ހަމަވިސްނުން އައުމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ތަޢުރީފުކުރައްވައި ޝުކުރު އަދާކުރައްވައިފިއެވެ.

ވަޒީރުކަމުން ވަކިކުރެއްވި ހިނދު އެމަނިކުފާނު ފުރަތަމަ ވިދާޅުވީ އެވަގުތުން ފެށިގެން ސަރުކާރަށް ކުރެއްވި ތާޢީދު އަނބުރާ ގެންނެވި ކަމަށާއި، އެވަގުތުން ފެށިގެން ހުންނެވީ ސަރުކާރާ އެކުގައި ނޫންކަމަށެވެ. އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ބަސްފުޅެއް ފަށްފަށް ކުރައްވައި ވިދާޅުވީ ކާމިޔާބީގައި ހިތްތިރިކުރައްވައި ނާކާމިޔާބީގައި ހިތްވަރު ގަދަކުރައްވާނެ ކަމަށެވެ.

އެހެން ނަމަވެސް ފައިސަލްއަށް ވިސްނިވަޑައިގަތީ ފަހުންނެވެ. އެމަނިކުފާނުގެ ބައްޕާފުޅުގެ ސިޔާސީ ކުރިމަގު އޮތީ މަރުގެ ތުންފަތްމަތީގައިކަން އެނގިވަޑައިގަތުމުން ހިތްތިރިކުރައްވައި ދެއްވި ފުރުޞަތަށްޓަކައި ވަނީ ރައީސަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ފައިސަލްގެ އެ ނިންމެވުމަށް ގިނަ ބައެއްގެ ތަޢުރީފު ދަނީ ލިބެމުންނެވެ.

2 Replies to “މިނިސްޓަރ ފައިސަލްއަށް ވިސްނިވަޑައިގެން ރައީސަށް ޝުކުރު އަދާކުރައްވައިފި.”

  1. ސުހާނާ

    ”ސަރުކާރަށް ކުރެއްވި ދާޢީދު“ މި ޖުމުލައިގައި މިބުނާ ”ދާޢީދު“ މިއީ ކޮން ބަހެއްގެ ލަފުޒެއް؟ ”އަހަރެން އަޑުއަހަނީ ”ތާއީދު“ (تائيد) ކިޔާ އަޑު.

  2. Suhana Khan

    ސުހާނާއެވެ. ކަމަނާއަށް ދުވަހަކު އިމްލާ ކުށެއް ނުލިޔެވޭތޯއެވެ. ތިޔަހެން މަމޮޅޭ ހެދުމުގެ ބަދަލުގައި އެ ކުއް އިސްލާހުކޮށްލަން ބުނެލިނަމަ ވަރަށް ސަޅިވީސް….

މި ލިޔުމަށް 48 ގަޑިއިރު ހަމަވެފައި