މިލައުތުރު

ށ. ފޭދޫ ފުޓުބޯޅަދަނޑު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ބަޔަކާ ޙަވާލުކޮށްފި

ފޭދޫ ކައުންސިލްގެ ރަސްމީ ފޭސްބުކް ޕޭޖްގައި ޙިއްސާކޮށްފައި ވާގޮތުގައި މި މަސައްކަތް ޙަވާލުކޮށްފައި ވަނީ 45 ދުވަހުގެ ތެރޭގައި ނިންމާގޮތަށް 1،483،401.52 ރުފިޔާއަށް އީކޮން މޯލްޑިވްސް އަށެވެ. މިއީ ޔޫތު މިނިސްޓްރީ އިން ފަންޑުކޮށްގެން ހިންގަވާ މަޝްރޫޢެކެވެ. ފޭދޫގެ ޒުވާނުންގެ އެންމެ ބޮޑު އުންމީދުކަމުގައި ވާ ފުޓުބޯޅަދަނޑުގެ މަސައްކަތް ނުނިމި ލަސްވާތީ ފަތްކެޔޮ ޖަހާ ދަނޑުވެރިކަން ކުރުމަށް ގޮވާލާ އިހުތިޖާޖުތައް ކޮށްފައި ވެއެވެ. މިހާރު ފޭދޫގެ ދަނޑުގައި ވެސް ވަނީ ޓާފުއަޅާ ނިންމާފައެވެ. އެހެން ނަމަވެސް ކުރީގެ މަޝްރޫޢުގައި މިއީ ހިމެނޭ މަސައްކަތްތަކެއް ނޫނެވެ. އެހެންކަމުން ވަކި މަސައްކަތެއްގެ ގޮތުގައި ފާރު ރޭނުމާއި ފެންސް ޖެހުމުގެ މަސައްކަތް ކުރަންޖެހުނީއެވެ.

މި މަސައްކަތުގެ އެއްބަސްވުމުގައި ފޭދޫ ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ކައުންސިލްގެ ރައީސް އަޙްމަދު ރައިސަމްއެވެ. އަދި އީކޮން މޯލްޑިވްސްގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ އިސް އޮފިޝަލެކެވެ. މިއީ ވެސް ރިޔާސީ އިންތިޚާބުގެ ވޯޓުލުމުގެ ކުރިން ނިންމަން އިޢުލާންކުރެއްވި މަސައްކަތެއް ނަމަވެސް ދެން އެކަން ޙާޞިލެއް ނުކުރެވޭނެއެވެ. އެހެނީ 45 ދުވަހުގެ މުއްދަތު ހަމަވާނީ ވޯޓުގެ ފަހުންނެވެ.

© 2023 milauthuru. All rights reserved.