މިލައުތުރު

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި %46 ވޯޓު ކާމިޔާބުކުރައްވާ ދެވަނަ ބުރުގެ ކެމްޕެއިން ޑރ. މުޢިއްޒު ފަށްޓަވައިފި

މިދިޔަ ހޮނިހިރު ދުވަހު ބޭއްވުނު ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި %46 ވޯޓުގެ ފުރިހަމަ ކާމިޔާބާ އެކު އެންމެ ގިނަ ވޯޓު ހޯއްދެވި ކެންޑިޑޭޓުގެ ގޮތުގައި ދެވަނަ ބުރުގެ ކެމްޕެއިން ފަށްޓަވައިފިއެވެ. އަދި މިހާތަނަށް އެއްވެސް ބަޔަކާ އެކު ކޯލިޝަން އެއްބަސްވުމެއް ގައި ސޮއިކުރެއްވިކަން އިޢުލާންކުރައްވާފައެއް ނުވެއެވެ. އެހެން ނަމަވެސް މަޝްވަރާތައް ކުރިއަށް ދާކަމަށް މަޢުލޫމާތު ލިބެއެވެ.

ސަޕޯޓަރުންނަށް ޝުކުރު އަދާކުރެއްވުމުގެ ގޮތުން ރޭގައި އާޓިފިޝަލް ބީޗުގައި ބޭއްވެވި ޙަފުލާގައި އެމަނިކުފާނު ވިދާޅުވީ ބާކީ އޮތީ 19 ވަރަކަށް ދުވަސްކަމަށާއި، ހުރިހާ ރަށަކަށް ނުދެވުނު ކަމުގައި ވިޔަސް ހިތްވަރާ ޖޯޝާއެކު މަސައްކަތް ކޮށްދެއްވާ މިއިންތިޚާބު ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އެގޮތުން ކޮންމެ މީހަކު އިތުރު އެއް ވޯޓު ހޯއްދަވައިފި ނަމަ ފަސޭހަކަމާ އެކު ދިވެހީންގެރާއްޖެ ދިވެހީންނަށް ހޯދޭނެކަމަށެވެ.

© 2023 milauthuru. All rights reserved.