ދިވެހިރާއްޖެ ކިތަންމެ ކުޑަވެފައި މީސްކޮޅު މަދުކަމުގައި ވިޔަސް، ފަލަސްޠީނުގެ ޙައްޤުގައި އަޑު އުފުލުމުގައި ދިވެހީން ވެފައި ވަނީ ނަމޫނާ ބަޔަކަށެވެ. ދިވެހިރާއްޖެ އަކީ މުޅި އިސްލާމީ އުންމަތަށް ވެސް ހަމަ ނަމޫނާއެކެވެ. ދިވެހީންގެ އަޑު އިޒްރޭލަށް ވެސް ވަނީ އިވިފައެވެ. އެގޮތުން އިޒްރޭލްގެ ޔަހޫދީ ސަރުކާރުން ވަނީ އެޤައުމުގެ ރައްޔިތުން ދިވެހިރާއްޖެއަށް ދަތުރު ނުކުރުމަށް އިލްތިމާސް ކުރައްވާފައެވެ.
ފަލަސްޠީނުގައި ޙާލުގައި ޖެހިފައި ތިބި މުސްލިމް އަޚުންނާއި އުޚުތުންނަށް ކޮންމެ ދުވަހަކު ކާބޯތަކެތި ބަހައެވެ. ތެޔޮ ހުސްވުމުން ތެޔޮ ހޯރުކޮށްދީފިއެވެ. ބޭހާ އަންނައުނާ އެހެނިހެން ޒަރޫރީ ބާވަތްތައް ފޯރުކޮށްދީފިއެވެ. ފަލަސްޠީނުގެ ޙައްޤުގައި ބޮޑެތި އެއްވުންތަކާއި ހިނގާލުންތައް ބާއްވައިފިއެވެ. ސޯޝަލް މީޑިޔާގައި ވެސް އެންމެ އަޑު ގަދައީ ދިވެހީންނެވެ. ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ވެސް އެބަ ހިންގެއެވެ. އެގޮތުން މިހާރު ވެސް 11،000 މީހުންނަށް އެއްފަހަރާ ނަމާދުކުރޭވޭ ވަރުގެ ބޮޑު މިސްކިތެއްގެ %80 ވަނީ ނިމިފައެެވެ. އދ. ގައި ފަލަސްޠީނުގެ ޙައްޤުގައި ބަސް ބުނެފިއެވެ.
ދިވެހިންނަކީ މިފަދަ ކަންކަމުގައި މުޅި އުންމަތަށް ވެސް ނަމޫނާއެކެވެ. އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބެނީ ފަލަސްޠީނުގެ ރައްޔިތުންނަށް ވެސް އެކަން އެނގޭތީއެވެ. އަދި ޚުދު އެމީހުން ވެސް ޝުކުރުވެރިކަމާ އެކު އެކަން ފާހަގަކުރާތީއެވެ.