މިލައުތުރު

ދައުލަތުގެ ޒިންމާދާރު އެއްވެސް މަޤާމެއްގައި ހުރިނަމަ މާހިލް ޝަހީމް ވަގުތުން އިސްތިއުފާދޭން ޖެހޭ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދުގެ ދަރިކަލުން މާހިލް ޝަހީމް ރާއްޖެއިން ބޭރުން އައި އިރު އެތެރެކުރުން ނަމާ އެއްޗެއް ކަމަށްވާ ވޭޕް ސާމާނުތަކެއް އަތްދަބަހުގައި ފޮރުވައިގެން ގެނެސްފައިވަނިކޮށް ކަސްޓަމްސް އިން އަތުލައިގަތް މައްސަލައާ ގުޅިގެން އިސްތިއުފާދޭން ޖެހޭކަމަށް މީހުން ބުނަން ފަށައިފިއެވެ.

މިކަމާ ގުޅޭގޮތުން ވާހަކަދައްކާ ގިނަ މީހުން ދެކޭގޮތުގައި ރާއްޖެއަށް އެތެރެކުރުން މަނާ އެއްޗެއް އެތެރެކުރުމަކީ ވަރަށް ބޮޑު ޖިނާއީ ކުށެކެވެ. އަދި އެފަދަ ބޮޑު ޖިނާއީ ކުށެއް ކޮށްފައި ދައުލަތުގެ ޒިންމާދާރު އެއްވެސް މަޤާމެއްގައި ހުރެގެން ނުވާނެ ކަމަށާއި، އިސްތިއުފާ ދިނުމަކީ ޑިމޮކްރެސީގެ އެންމެ ރީތި އުޞޫލު ކަމަށެވެ.

ދަރިކަލުންގެ ދިފާއުގައި ޑރ. ޝަހީމް ވިދާޅުވެފައިވަނީ އޭނާ ހުރީ އެފަދަ އެއްވެސް މަޤާމެއްގައި ނޫން ކަމަށެވެ. އެހެން ނަމަވެސް ގިނަ ބަޔަކު ތުހުމަތު ކުރާ ގޮތުގައި އޭނާއަކީ ދައުލަތުން ބޮޑު މުސާރަ ލިބޭ މަޤާމެއްގައި ހުރި ފަރާތެއް ކަމަށެވެ. އަދި އެއީ އެމްބަސީއެއް ނޫންކަމުގައި ވިޔަސް އިސްތިއުފާ ދޭންޖެހޭ ކަމަށެވެ.

ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައި ވާގޮތުން ވަގަށް ވޭޕް އެތެރެކުރިކަމުގެ ކުށުގައި 1.1 މިލިޔަން ރުފިޔާއިން އޭނާ ވަނީ ޖޫރިމަނާ ކޮށްފައެވެ.

މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟