މިލައުތުރު

ދަނޑުވެރިން ހަނާވަނީ: އެގްރޯނެޓް މިސްރާބު ގެއްލިފައި އޮންނަތާ ދެ އަހަރު ވަނީ.

ސަރުކާރުގެ ދަނޑުވެރިކަމާބެހޭ ކުންފުނި އެގްރޯ އެނބުރޭ ވަހުތާނެއްހެން އެނބުރެމުން ސެނބުރެމުންދާތާ ފުރިހަމަ ދެ އަހަރުވީއެވެ. އެގްރޯގެ މެނޭޖިންގ ޑިރެކްޓަރަކަށް ވީ ކަމެއް ބޮޑު ހަރާމުން ހަރާމެވެ. އެގްރޯގެ މުވައްޒަފުން ބުނަމުންދަނީ، މުވައްޒަފުންނަށް ދޭތެރެއަކުން ވަޒީފާގެ ވަޒީފާގެ ބިރުދައްކަމުން، ކުދި ކުދި ވައްކަންވެސް ކުރެވޭ މިންވަރަކުން ކުރަމުން، ސިޔާސީ ހަންގާމާއާއި ޗަރުކޭސް ހިންގަން މެނޭޖިންގ ޑިރެކްޓަރ ޙުސެއިންދީދީ ދަނީ ބޮޑެތި މަސައްކަތްތަކެއް ކުރަމުން ކަމަށެވެ. މިގޮތުން ގދ.ތިނަދޫ ގައި ބޮޑު ދަނޑުވެރިކަމުގެ ކިއްލާއެއް ގާއިމުކުރުމުގެ މަސައްކަތްކުރަމުންދާ ކަމަށާއި ދިވެހިރާއްޖޭގެ ދަނޑުވެރިކަމުގެ މަސައްކަތް އެންމެ ފުޅާ އެއް ތަނަކީ ގދ. ތިނަދޫ ކަމަށް ދައްކައިގެން އެރަށަށް ގިނަ މުވައްޒަފުންތަކެއް ބަދަލުކޮށް، އަދި ތިނަދޫގައި މަސައްކަތްކުރާ ގޮތަށް މުޅިން އަލަށް ކުންފުންޏަށް މުވައްޒަފުން ވައްދާ ކަމުގެ މައުލޫމާތުވެސް ވަނީ މި ނޫހަށް ލިބިފައެވެ.

“ އެގްރޯގައި ތިބޭނެ ތިން ޖޯކަރުން….އެތިން މީހުން މުވައްޒަފުން ގާތުގައި ކިޔަމުންދަނީ، ސައުދީ ފަންޑުން ފަންޑިތައް ހަދައިގެންވެސް ލާރި ހޯދާނެ ކަމަށް….މުވައްޒަފުންނަށް އެވާހަކަ ވަނީ ބޮޑު ޖޯކަކަށް.. ފަންޑިތައް ހެދިދާނެ… ފަންޑެއް ނުލިބޭނެ“ އެގްރޯގެ މުވައްޒަފެއް މި ނޫހަށް ކިޔައިދިނެވެ. އެ މުވައްޒަފު އިތުރަށް ކިޔައިދިން ގޮތުގައި“ ކުންފުނީގެ ބޯޑުގައި ތިބީ ދަނޑުވެރިކަމުގެ ވިޔަފާރީގެ ތަޖުރިބާކާރު ބައެއް ނޫން… ކޯޕަރޭޓް ތަޖުރިބާ ލިބިފައި ތިބި ބައެއް ނޫން.. ތަނެއް ދޮރެއް ނޭނގޭތީ އެމީހުންވެސް ތިބީ އެމްޑީ ޖަހާ ކޮންމެ ބެރަކަށް އަތު ގުޅައިލައިގެން ނަށަން“ ކަމަށެވެ. އެނާ ޝުޢޫރުފާޅުކުރަމުން އިތުރަށް ބުނިގޮތުގައި އެގްރޯގެ ގިނަ މުވައްޒަފުން ގަބޫލުކުރަނީ އެމްޑީއަށް ކުންފުނި ހިންގަން ނޭނގޭކަންވެސް ކުންފުނީގެ ބޯޑުގައި ތިބި ބަޔަކަށް ނޭނގޭ ކަމަށެވެ.

މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެގްރޯގެ ވެރިން ހިންގާފައިވާ ކޮރަޕްޝަނުގެ ބޮޑު އަމަލެއް މިހާރު އެންޓި ކޮރަޕްޝަނަށް ހުށަހެޅުމުގެ މަސައްކަތް ކުންފުނީގެ މުވައްޒަފުންތަކެއް އަންނަނީ ކުރަމުންނެވެ. ރައީސް ޑރ.މުޢިއްޒު އަކީ ކޮރަޕްޝަން ނައްތަވާލައްވާނެ ކަމުގެ ވަޢުދުފުޅާއެކު ވެރިކަމަށް ވަޑައިގެންނެވި ރައީސެއްކަމުން، މުވައްޒަފުންގެ މިފަދަ ހިތްވަރު ގަދަ މަސައްކަތްތަކުގެ ސަބަބުން ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރިވާ މީހުންނާ ދެކޮޅަށް ފިޔަވަޅުތައް އަޅުއްވާނެ ކަމަށް އެފަރާތްތަކުން ޤަބޫލުކުރެއެވެ.

3 Replies to “ދަނޑުވެރިން ހަނާވަނީ: އެގްރޯނެޓް މިސްރާބު ގެއްލިފައި އޮންނަތާ ދެ އަހަރު ވަނީ.”

  1. އަބްދޯ

    ރޯނުއެދުރުންތަކެއް އުޅޭ ތަނެއް އުވާލަން ލަސްވެއްޖެ.

  2. GALHI

    ފިނޭ ފާރޫގު އަޑީގައި ހުރެގެން މެންބަރު ޣަފޫރަށް ނަފާ ހޯދަން ހިންގާ ތަނެއް ސަރުކާރު އޮތީ ވާނުވާގައި، ހަބޭހަށް ލޫޓުވާލަނީ

  3. Kaalhaa Vaalaa

    Hus balhun ulhey thaneh gulhiyas phone ves nunagaa musaara kaigen hama thibenee

މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟