މިލައުތުރު

އެންސްޕާ ވެސް އިނދަޖެހިފައި، ވެރިޔާއާ ސުވާލުކޮށްލާނެ ވެރިޔަކު ނެތް.

އެންސްޕާއިން ނުދައްކާ ހުރި ބިލްތަކަށް 1.5 ބިލިޔަން ރުރިޔާއަށް ވުރެ މައްޗަށް އަރައިފިކަން ހާމަވެއްޖެއެވެ. ދައުލަތުގެ މިފަދަ މުހިންމު މުއައްސަސާއެއްގެ ޙާލަތު މިދަރަޖައަށް ދިއުމަކީ ކަންބޮޑުވާންޖެހޭ ވަރުގެ ބޮޑު މައްސަލައެކެވެ.

އެންސްޕާއަށް ޚިދުމަތްދޭ ފަރާތްތަކުން ޚިދުމަތްދިނުން ހުއްޓާލައިފިނަމަ ރައްޔިތުންނަށް ވަރަށް ބޮޑު ތަކުލީފެއް އުފުލަން ޖެހޭނެއެވެ. އެންސްޕާގެ އެހީ ނުލިބިއްޖެނަމަ ވަރަށް ގިނަ ބަލިމީހުންނަށް އެމީހުންނަށް ބޭނުންވާ ފަރުވާ ހޯދުމަށް ދަތިތަކާ ކުރިމަތިލާން ޖެހޭނެއެވެ.

ވެރިން ޓީވީތަކަށް އަރާ ތިބެގެން މޮޅެތި ވާހަކަދައްކާ އިރު، ޙަޤީޤަތުގައި ތަން މިއޮންނަނީ މުޅިން ދަރާ ވިކިފައި ނުތަ ބަނގުރޫޓު ވެފައެވެ. ދަރަނީގެ ތަފުޞީލުތަކަށް ބަލާ އިރު، ދައުލަތުގެ އިދާރާތަކަށް 367 މިލިއަން ރުފިޔާ، ބޭރުގެ ހޮސްޕިޓަލްތަކަށް 349 މިލިއަން ރުފިޔާ، ރާއްޖޭގެ ކްލިނިކްތަކަށް 330 މިލިއަން ރުފިޔާ، ފާމަސީތަކަށް 325 މިލިއަން ރުފިޔާ އަދި ރާއްޖޭގެ ހޮސްޕިޓަލްތަކަށް 164 މިލިއަން ރުފިޔާ ނުދައްކާ އެބައޮތެވެ.

ނުދައްކާ ހުރި ބިލްތަކާ ގުޅޭ މާލިއްޔަތު ކޮމިޓީގެ ރިޕޯޓުގައިވާ ގޮތުން އެންސްޕާ އިން 872 މިލިއަން ރުފިޔާ ބިލްތަކަށް ދައްކާފައިވާ އިރު، ނުދައްކާ ހުރި ބިލްތަކަށް އަރާ އަދަދު 663 މިލިއަން ރުފިޔާއަށް އިތުރުވެފައި ވެއެވެ.

މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟