a person holding a cell phone in their hand

މިލައުތުރު

އިސްރާއީލުގެ ޔަހޫދީންނާ ދެކޮޅަށް އެއްޗެއް ޖަހާ އިރަށް ފޭސްބުކް ހެޑަށް އޮޅެނީ ކީއްވެ؟

ފޭސްބުކް އަކީ ދުނިޔޭގެ އެންމެ ގިނަ މީހުން ބޭނުންކުރާ އެއް ސޯޝަލް މީޑިޔާ ޕްލެޓްފޯމެވެ. އެގޮތުން އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ފޭސްބުކް ބޭނުންކުރާ މީހުންގެ އަދަދު މަހަކު 3 ބިލިޔަނަށް އަރައެވެ. އެހެން ކަމުން މިފަދަ ވަޞީލަތެއްގެ ނުފޫޒު ވެސް ވަރަށް ގަދަވާނެކަން ޔަޤީނެވެ. މިހާރަކަށް އައިސް ގިނަ ބައެއްގެ އެންމެ ބޮޑު ޝަކުވާ އަކީ ފޭސްބުކް ކޮމިއުނިޓީ ސްޓޭންޑާޑް ތަންފީޒުކުރުމުގައި ތަފާތުކުރާ ކަމުގެ ޝަކުވާތަކެވެ. ޚާއްޞަކޮށް އިޒްރޭލާއި ހަމާސް އާއި ދެމެދު ހަނގުރާމަ ފެށުމުގެ ފަހުންނެވެ. ޔަހޫދީ ބޮޑެތި ދަޢުލަތްތަކުން އިޒްރޭލް ދިފާޢުކޮށް ފަލަސްޠީނުގެ އަޑު ކަނޑުވާލަން ކުރި ހުރިހާކަމެއް ނާކާމިޔާބުވެ، މުޅި ދުނިޔޭގައި ފަލަސްޠީނުގެ މިނިވަންކަމަށް ގޮވާލާ އަޑު ގަދަވާން ފެށި ފަހުންނެވެ. ފަލަސްޠީނުގެ މިނިވަންކަމަށްޓަކައި ޖިހާދުކުރާ މުޖާހިދުން އިޒްރޭލަށް ކުއްލި ޙަމަލާއެއް ދީ ޚުދު އެމީހުން ވެސް ޝޮކަށް ދުއްވާލިއެވެ. ދުނިޔޭގައި 3 ވަނަ އަށް އެންމެ ވަރުގަދަ ދިފާޢީ ނިޒާމް އޮންނަ ޤައުމަށް ކުޑަ ކުޑަ ފަލަސްޠީނުން އެދިން ޙަމަލާ ޔަހޫދީންނަށް އެއްގޮތަކަށް ވެސް ހަޖަމެއް ނުކުރެވުނެވެ. އެހެނީ މުޅި ދުނިޔޭގެ ކުރިމަތީގައި އެމީހުން ފަޟީހަތްވީއެވެ.

ދުނިޔޭގެ މަލާމާތުން އިޒްރޭލްގެ ޓެރަރިސްޓް ދައުލަތް ސަލާމަތް ކޮށްދެވޭތޯ އެންމެ ފުރަތަމަ ފުންމާލީ އެމެރިކާގެ ފަޓުލޫނު ވެސް ހަރުނުލާ ރައީސް ބައިޑަންއެވެ. އޭނާ ވެސް އިޒްރާލަށް ޒިޔާރަތްކޮށްފައި އެނބުރި ރަށަށް ދިޔަ އިރު، އެމެރިކާގެ ޤާނޫނު ހަދާ މަޖިލިހުގައި ވެސް މުޒާހަރާ ކުރަނީއެވެ. އަދި ބޮޑެތި ސިޓީތަކުގެ މަގުތައް ވަނީ ފަލަސްޠީނުގެ ދިދަ ހިފައިގެން މީހުން ނިކުމެ ފުރާލާފައެވެ. ދެން ފުންމާލީ އިނގިރޭސި ވިލާތުގެ އިންޑިޔާގެ ގެރި ބޮޑުވަޒީރު ރިޝީ ސުނަކްއެވެ. އޭނާ ވެސް އެނބުރި ރަށަށް ދިޔަ އިރު، މުޅި ޤައުމުގައި އިޒްރޭލާ ދެކޮޅަށް މުޒާހަރާ ކުރަނީއެވެ. ނުވިތާކަށް މަޖިލިހުގައި ކޮންމެ ދުވަހަކު ޚުދު ހޭނާ ހޫނުފެނަށް ލައެވެ. އެހެންކަމުން އިތުރު އެއްވެސް ޤައުމެއްގެ ވެރިޔަކަށް އިޒްރޭލަށް ދާކަށް ވެސް ނުކެރުނެވެ.

ހައްދު ފަހަނަ އަޅާފައިވާ ޔަހޫދީންނާ ދެކޮޅަށް ހިންގާ ޙަރަކާތްތައް ހުއްޓުވުމަށް އެންމެ ފަހުން ފޭސްބުކް ބޭނުންކުރަން ފެށީއެވެ. ފޭސްބުކްގެ ވެރިޔަކީ ވެސް ޔަހޫދީއެކެވެ. އޭނާގެ ޔަހޫދީކަން ބޭނުންކޮށްގެން ޣައްޒާ އާއި ފަަލަސްޠީނާ އެއްކޮޅަށް އަޑުއުފުލުން ހުއްޓުވާން ފެށި މަސައްކަތަކަށް ވީ ކޮމިއުނިޓީ ސްޓޭންޑާޑެވެ. އެގޮތުން އިޒްރޭލާ ދެކޮޅަށް ޖަހާ ކޮންމެ އެއްޗެއް އެއީ އެމީހުންގެ ޤަވައިދާ ޚިލާފު އެއްޗަކަށްވެ އެކައުންޓްތައް ސަސްޕެންޑްކޮށް ހަދައެވެ. އެހެން ނަމަވެސް ފަލަސްޠީނާ ދެކޮޅަށް ޔަހޫދީން ކޮންމެ ފަދަ ބޮޑު ބުހުތާނެއް ފެތުރިޔަސް، ކުޑަ ކުދިންނާ އަންހެނުން މަރަން ގޮވިޔަސް އެއީ ސްޓޭންޑާޑާ އެއްގޮތްވާ އެއްޗެކެވެ. ފަލަސްޠީނުގައި އުޅެނީ އިންސާނުން ނޫންކަމަށާއި، އެއީ ޖަނަވާރުތަކެއް ކަމަށާއި، އެމީހުން ޤަތުލުކުރަން ގޮވިޔަސް އެއީ އެއްވެސް މައްސަލައެއް ނޫނެވެ. ޑިމޮކްރެސީ އާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރާ ޔަހޫދީން ދުނިޔޭގެ ކުރިމަތީ ފަޟީޙަތް ވެއްޖެއެވެ. ފަލަސްޠީނަށް ދެމުން ގެންދާ ޙަމަލާތަކާ ދެކޮޅަށް އަޑު އުފުލާ މީހުންގެ އަދަދު ބިލިޔަނުން މައްޗަށް އަރައިފިއެވެ. ފޭސްބުކް ވެސް ޖެހޭނީ ހަމަ ގޮތް ދޫކުރާށެވެ. މިފަހަރު އިންސާފާ ހަމަ ހަމަކަމަށް ލޯބިކުރާ މީހުން ތިބީ ދޫކުރާ ގޮތަކަށް ނޫނެވެ. އެއް ޕޯސްޓް ރިމޫވްކޮށްލިއްޔާ ދެ ޕޯސްޓް އިތުރަށް ޖަހައެވެ. ޚުދު ޒުކަރބާގު ކަންފަތުން ވެސް ދުން އަރާވަރު ވެއްޖެއެވެ.