އަހަރުތަކެއް ވަންދެން ބެޓެރީ ޗާޖް ހުސްވެފައި އޮތް ރާއްޖޭގެ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ބެޓެރި ލައްވައިފިކަމަށް ބައެއް މީހުން ބުނަން ފަށައިފިއެވެ. ޢާންމުންގެ ފާޑުކިޔުން އިތުރުވެފައި މިވަނީ ކުއްލިއަކަށް ކޮމިޝަން މާބޮޑަށް ޙަރަކާތްތެރި ވާން ފެށުމުންނެވެ. ވޭތުވެ ދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި އެއީ އޮތްތަނެއްކަން ވެސް މީހުން ނުދަނެއެވެ. ޤާނޫނާއި ޤަވައިދާ ޚިލާފު އެއްވެސް ކަމެއް ވެސް، ދަޢުލަތަަށް މާލީގޮތުން ގެއްލުމެއް ވާފަދަކަމެއް ވިޔަސް ހިނގާފައެއް ނުވެއެވެ. އެހެން ނަމަވެސް ރިޔާސީ އިންތިޚާބުގައި އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓް ކާމިޔާބުކުރެއްވުމާއި އެކު ކޮމިޝަންގެ މަސައްކަތްތައް އިންތިހާއަށް ހަލުވި ވެއްޖެއެވެ. ބައެއް މީހުން ބުނާގޮތުގައި ކޮމިޝަންގެ ބެޓެރި ބަދަލުކޮށްފިއެވެ. ސަރުކާރުގެ ކަންކަމަށް ފާރަވެރިވާން ފަށައިފިއެވެ.
ސަރުކާރުގެ ބާރުތައް ބަދަލުކުރުމުގެ މަރުޙަލާގައި އެންމެ ޙަރަކާތްތެރި މުއައްސަސާ އަކީ ހަމަ ޔަޤީނުން ވެސް އެންޓި-ކޮރަޕްޝަން ކޮމިޝަނެވެ. އެގޮތުން ސަރުކާރުގެ އެކި އެކި އިދާރާތަކުން ކުރިއަށް ގެންދާ މަޝްރޫޢުތައް ހުއްޓުވުމާއި، ޚަރަދުތައް ނުކުރެއްވުމަށް އެންގެވުމާއި، އިތުރު މުވައްޒަފުން ނުނެގުމަށާއި ވަޒީފާގެ ކުރިއެރުންތައް ނުދެއްވުމަށް ގެންދަވަނީ އަންގަވަމުންނެވެ. މިއީ ފަހުގެ ތާރީޚެއްގައި އަދި ނުފެންނަހާ ޙަރަކާތްތެރި ދުވަސްވަރަކަށް ވެއްޖެއެވެ. ބައެއް ޢާންމުންގެ ނަޒަރުގައި ކޮމިޝަނުގެ މެންބަރުންގެ މަޤާމު ގެއްލިދާނެތީ އޯވަރ ރިއެކްޓްކުރައްވަނީއެވެ. އެއީ ޤަބޫލުކުރަން އެހާ ފަސޭހަކަމަކަށް މީހުންނަކަށް ނުވެއެވެ.
One Reply to “އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ބެޓެރި ލައްވައިފި”
ވަޙީދު 165
ފްލެޓް ކަށަވަރު ވެއްޖެ. ދެން ނާތުލެވޭނެކަން ޔަޤީން ވީ.
މި ލިޔުމަށް 48 ގަޑިއިރު ހަމަވެފައި