އުސްތާޛް ޒަކީ

ޙިޒްބުﷲ މުޖާހިދުންގެ ޙަމަލާއެއްގައި އިޒްރޭލް ސިފައިންގެ ބަންކަރުތަކެއް ގޮއްވާލާ ނައްތާލައިފި

މުޖާހިދުންގެ ފަރާތުން ޢާންމުކުރި ވީޑިއޯއެއްގައި ފެންނަނީ ފަލަސްޠީނާ ލުބުނާނު ގުޅޭ ބޯޑަރު ސަރަޙައްދުގައި ޣައްޒާއަށް ހަމަލާދޭން އިޒްރޭލް ސިފައިން ތިބޭ އެންމެ ބޮޑު ބަންކަރަށް ކޯނެޓް ޙަމަލާއެއްދީ މުޅިތަން ގޮއްވާލާ މަންޒަރެވެ. އިޒްރޭލްގެ ގިނަ އަދަދެއްގެ ސިފައިން ހަތިޔާރާ އެކު ޤާއިމުވެގެން ތިބި ބަންކަރަށް ޙަމަލާ އަމާޒުވުމާއެކު މުޅި އެތަން ގޮވާ ހުޅުގަނޑު ފަޅައިގެންދާ މަންޒަރު ވީޑިއޯ އިން ފެނެއެވެ. އަދި ޙަމަލާއަށް ފަހު، އެތާ އެއްވެސް މީހެއް ވެސް ހަތިޔާރެއް ވެސް ހުންނާނެ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. އެޙަމަލާގައި މަރާކެވުނީ ކިތައް ސިފައިންކަމެއް ސާފު ނުވި ނަމަވެސް ޙަމަލާގެ ކުރިން އެތާ ވަރަށް ގިނަ އަިޒްރޭލް ސިފައިން ހަތިޔާރާއެކު ޙަރަކާތްތެރިވާ މަންޒަރު ފެނެއެވެ. އަދި އެވަގުތު ވެސް އެމީހުން ގެންދިޔައީ ޣައްޒާއަށް ރޮކެޓާ މޯޓަރު ބަޑީގައި ޙަމަލާތައް ދެމުންނެވެ. އެޙަމަލާގައި މަރުވީ ކިތައް ސިފައިންކަމެއް ސަލާމަތްވީ ކިތައް ސިފައިންކަމެއް އިސްރާޢީލް އަޝްކަރިއްޔާ އިން ހާމަކޮށްފައެއް ނުވެއެވެ.

މިދިޔަ ހަފުތާގައި ވެސް ހަމާސްގެ މުޖާހިދުން ވަނީ އިޒްރޭލްގެ ސިފައިންތަކެއް ވަށާލާ ސޭންޑްވިޗްކޮށް މަރާލާފައެވެ. އެޙަމަލާގައި ވަރަށް ގިނަ ޓޭންކްތަކާއި ހަތިޔާރުއެޅި ސިފައިންނާ ހުޅަނދުތައް ވަނީ ނައްތާލާފައެވެ. އެކަން ވަނީ އިޒްރޭލް ސިފައިންގެ ކޮމާންޑުން ޔަޤީންކޮށްދީފައެވެ. އިޒްރޭލުން ހަމާސް ނައްތާލުމުގެ ނަމުގައި އިންގަމުން ގެންދާ ޢުދުވާނުތަކަށް 36 ދުވަސް ފާއިތުވެގެން ދިޔައިރު ވެސް އެކަށީގެންވާ ކުރިއެރުންތަކެއް ލިބިފައެއް ނުވެއެވެ. ހަނގުރާމައިގެ މައިދާން އިހުނަށް ވުރެން ނުރައްކާވަމުން ދާކަމަށް ޚުދު ޔަހޫދީ ސިފައިން ވެސް ވަނީ އިޢުތިރާފުވެފައެވެ. މިހާރު އެމީހުން މަސައްކަތްކުރަނީ ޣައްޒާގެ ދެކުނުގައި ދިރިއުޅޭ އެންމެން އެހެން ސަރަޙައްދުތަކަށް ފޮނުވާލުމަށް ފަހު، މުޅި އެސަހަރު އެއްކޮށް ގޮއްވާލުމަށެވެ. އެހެނީ އެމީހުންނަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ހަމާސްގެ ޓަނަލްތަކެވެ. އަދި މިހާތަނަށް ހޯދިފައި ވަނީ މަދު ތަނެއްކަމަށާއި، 1300 އަށް ވުރެން ގިނަ ޓަނަލް އެސަރަޙައްދުގައި އެކަނި ވާނެކަމަށް ޔަހޫދީން ޤަބޫލުކުރެއެވެ.

One Reply to “ޙިޒްބުﷲ މުޖާހިދުންގެ ޙަމަލާއެއްގައި އިޒްރޭލް ސިފައިންގެ ބަންކަރުތަކެއް ގޮއްވާލާ ނައްތާލައިފި”

  1. ފޮޑި

    20 ސިފައީން މަރުވި. އިސްރާއިލުން ބުނީ.. ހިޒްބުއްލޯ އިން ބުނަނީ 50 ކަމަށް.

މި ލިޔުމަށް 48 ގަޑިއިރު ހަމަވެފައި