މިލައުތުރު

މިލައުތުރު ފުޓްސަލް މުބާރާތް-2023 ނޮވެމްބަރު 20 ގައި ފަށަނީ…

ށ. އަތޮޅު ކައުންސިލުން އިންތިޒާމް ކުރައްވާ އެންމެ ބޮޑު އެއް ކުޅިވަރު ފެސްޓިވަލް ކަމަށްވާ މިލައުތުރު ފުޓްސަލް މުބާރާތް ނޮވެމްބަރު 20 ގައި ފެށިގެންދާނެއެވެ. މިއީ މުޅި އަތޮޅަށް އަންނަ ކުޅިވަރުގެ ބޮޑު ޢީދެކެވެ. ޒުވާނުންގެ ހިތްތަކުގައި ކުޅިވަރުގެ ރޫޙް އާލާކޮށް އެކުވެރިކަން ބަދަހިކުރުމުގެ މަޤްޞަދުގައި އަތޮޅު ކައުންސިލުން ވަނީ މިމުބާރާތް ކޮންމެ އަހަރަކު ވެސް ބާއްވާގޮތަށް ހަމަޖައްސަވާފައެވެ. ފުޓްބޯޅައަށް ޝައުޤުވެރިވާ ފަރާތްތަކަށް އަދި ވަކިން ޚާއްޞަކޮށް ފުޓްސަލްއަށް ޝައުޤުވެރިކަން ހުންނަ ފަރާތްތަކަށް މިއީ ލިބިގެންދާނެ ވަރަށް ވެސް ބޮޑު ފުރުޞަތެކެވެ.

މެޗް ޝެޑިއުލް

ށ. އަތޮޅުގެ 14 ރަށުން ވެސް ބައިވެރިވާ މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ދެ ގްރޫޕަކަށް ބަހާލެވިގެންނެވެ. އެގޮތުން ގްރޫޕް-އޭ ގައި ހިމެނެނީ ކަނޑިތީމް، ފީވަށް، ނޫމަރާ، ފޭދޫ، ބިލެތްފަހި، ގޮއިދޫ އަދި ފޯކައިދޫއެވެ. ގްރޫޕް-ބީ ގައި ހިމެނެނީ ޅައިމަގު، މިލަންދޫ، ކޮމަންޑޫ، ފުނަދޫ، މަރޮށި، މާއުނގޫދޫ އަދި ނަރުދޫއެވެ. އަދި ގުރޫޕް-އޭގެ މެޗްތައް ކުޅުމަށް ހަމަޖެހިފައި ވަނީ ށ. ގޮއިދޫގައެވެ. ގްރޫޕް-ބީގެ މެޗްތައް ކުޅުމަށް ހަމަޖެހިފައި ވަނީ ށ. މާއުނގޫދޫގައެވެ. މުބާރާތުގެ ފައިނަލް މެޗް އޮންނާނީ 3 ޑިސެމްބަރު 2023 ގައެވެ.

މުބާރާތުގެ މެޗްތައް ކުޅޭ ދެ ރަށުގައި ތައްޔާރީތައް ވަރަށް ފުރިހަމައަށް ވަމުންދާކަމުގެ މަޢުލޫތު ލިބެއެވެ. އަދި ދެ ރަށުގެ ފަރާތުން ފެންނަނީ މުބާރާތުގެ އިންތިޒާމްތައް ވީހާ ވެސް ފުރިހަމައަށް ކުރުމުގެ ރޫޙެކެވެ. އެހެންކަމުން މި މުބާރާތް ވެގެންދާނީ ވަރަށް ވެސް ފޯރި ގަދަ އަދި ފުރިހަމަ މުބާރާތަކަށެވެ. މި މުބާރާތާ މެޗްތަކުގެ ޚަބަރާ މަޢުލޫމާތު މިލައުތުރު އޮންލައިން ނޫހުގެ ކުޅިވަރުގެ ބައި ގައި ގެނެސްދެވޭނެއެވެ.