މިލައުތުރު

ޕްރިންސިޕަލް ފައިސަލްގެ ކަންބޮޑުވުންތައް ސޯޝަލް މީޑިޔާއަށް ބަންޑުންކޮށްލައިފި

ޕްރިންސިޕަލް އަޙްމަދު ފައިސަލްގެ އަމިއްލަފުޅު ފޭސްބުކް އެކައުންޓުގައި ލިޔުއްވާފައި ވަނީ ސަރުކާރު ބަދަލުވަމުންދާ ދަނޑިވަޅުގައި ހިތަށް އަންނަ ބައެއް ކަންކަން ޙިއްސާ ކޮށްލައްވަނީ ކަމަށެވެ. ފައިސަލް ވަރަށް ތަފުޞީލުކޮށް ލިޔުއްވާފައި ވަނީ އެޑިޔުކޭޝަން މިނިސްޓްރީ އަކީ ސިވިސް ސާވިސްގެ ދެބައިކުޅަ އެއްބައި ކަމަށެވެ. ތައުލީމީ ނިޒާމުން ދުވާލަކު ދޮޅު ލައްކައެއްހާ ރައްޔިތުން ހިދުމަތް ހޯދާކަމަށާއި، ކޮންމެ ދުވަހަކު ކޮންމެ ރަށެއްގައި އެޑިޔުކޭސަން މިނިސްޓްރީ އެތައް ހަރަކާތެއް ހިންގާ ކަމަށެވެ. އެހެންކަމަށް ވުމާއި އެކު ސަރުކާރަކުން ފޯރުކޮށްދޭ ޚިދުމަތް އެންމެ ގާތުން ރައްޔިތުންނަށް ފެންނާނެ ސަރުކާރުގެ އެއް އިދާރާއަކީ އެޑިޔުކޭސަން މިނިސްޓްރީއަށް ވާނެކަމަށެވެ. އެހެންކަމުން އެޑިޔުކޭޝަން މިނިސްޓްރީ ހިންގުމަށް ވަރުގަދަ ލިޑަރަކު ބޭނުންވާނެކަމަށެވެ. މަސައްކަތް ހަލުވިވާނެ އިސްލާހީ ބަދަލުތައް ގެންނަން ޖެހޭކަމަށެވެ.

އެޑިޔުކޭޝަން މިނިސްޓްރީގެ އެންމެ ބުރަހެލި ސެކްސަނަކީ އެޗް.އާރު ސެކްޝަން ކަމަށާއި، އެންމެ ބަލި ފަޔަކީ ފޯނަށް ޖަވާބުދާރީ ނުވުންކަމަށެވެ. އެޗް.އާރުގެ ގިނަ މަސައްކަތް ޕޯޓަލް މެދުވެރިކޮށް ކުރަމުން ދިޔަކަމުގައި ވިޔަސް އަބަދު ފޯނުން ގުޅަން ޖެހޭކަމަށާއި، ޕޯޓަލްއަށް ވަޒީފާއެއް އެޅިޔަސް އެޕްރޫވަލް ހޯދަން އާދޭސްކުރަން ޖެހޭކަމަށެވެ. އެންމެ އަވަހަށް މީހަކު ވަޒީފާއަކަށް ނެރެވުނަސް ނެރެވެނީ ދޮޅުމަސް ފާއިތުވާ ފަހުންކަމަށެވެ. ސްކޫލްތަކުގައި މުދައްރިސުން ހަމަނުވެ އަބަދު އުޅެންޖެހެނީ މި ލަސް ނިޒާމުގެ ސަބަބުން ކަމަށެވެ. އެއީ ބަދަލު ގެންނަށް ޖެހޭ ސެކްސަނެއް ކަމަށާއި، ޒިންމާދާރު ވެރިޔަކު ހުންނަން ޖެހޭ ސެކްސަނެއް ކަމަށެވެ. މަސައްކަތަށް ފަރިތަ ހަލުވި ބަޔަކު ބޭނުންވާތަނެކެވެ. މި ސެކްސަންގެ މަސައްކަތް ހަލުވި ކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރެވޭނެ ފަރާތަކީ ޕާމަނަންޓް ސެކްރެޓަރީ ކަމަށެވެ.

ސްކޫލް އެޑްމިނިސްޓްރޭސަން ސެކްސަނަކީ ހުރިހާ ސްކޫލްތައް ހިންގުމުގައި ދުވަހުން ދުވަހަށް ކުރަންޖެހޭ މުއާމަލާތް ކުރަންޖެހޭ ފަރާތްކަމަށާއި، ސްކޫލްތަކުގެ ވެރިން ރިޕޯޓްކުރަން ޖެހޭ ފަރާތްކަމަށެވެ. ސްކޫލްތަކާއި ގުޅޭ ކަންކަމުގައި ގޮތްނިންމަން ޖެހޭ ފަރާތްކަމަށެވެ. ވުމާއިއެކު ފުރިހަމަ ބާރާއި އިޚްތިޔާރު ލިބެންޖެހޭ ފަރާތެއް ކަމަށެވެ. އަދި މިސާލު ޖައްސަވާ ވިދާޅުވެފައި ވަނީ ”ލޮޅޭ ސޮރަށް ފަޅުރަށް ދިންހެން“ ބާރުތައް ދީގެން ނުހިންގޭނެކަމަށެވެ. ސްކޫލްތަކުން ފޮނުވާ ސިޓީ ބިޓީ ބަދަލުކުރުމަށްވުރެ ހަރުދަނާ ޒިންމާތަކެއް ހަވާލުކުރަން ޖެހޭކަމަށާއި، ސިޔާސީ މީހުން ހިތް ނުތަނަވަސް ވުމުން ސްކޫލްތަކުގެ ވެރިން ސައިޒްކުރަން ބޭނުންކުރާ ތަނަކަށް އެސް އޭ ސެކްޝަން ހެދުމަށް ވުރެން ހަރުދަނާ އިލްމީ މަސައްކަތް ކުރަން ހަވާލުކުރެވިދާނެ ކަމަށެވެ.

ފައިނޭންސް ސެކްސަނަކީ ވެސް ކޮންމެ ދުވަހަކު ސްކޫލްތަކަށް ބޭނުންވާ ކަންކަމުގައި މުއާމަލާތް ކުރަން ޖެހޭ ސެކްސަނެއް ކަމަށާއި، ސްކޫލްތަކުގެ ބޭނުންތައް ރަނގަޅަށް ދަންނަ ފޯނަށް ޖަވާބުދާރީވާ ވެރިޔަކު ހުންނަންޖެހޭ ތަނެއް ކަމަށެވެ. އަދި އެމްޕީންނާއި ގާތް ސިޔާސީވެރިން ހިތްހަމަ ޖައްސަން ”ތަވާ އަރިކޮށްލުމަށްވުރެ“ ބޮޑަށް ސްކޫލްތަކުގެ ބޭނުންތަކައް އަޅާލާ ތަނަކަށް ވާން ޖެހޭކަމަށެވެ. އަދި ފަތުއަޑުކިޔައިފައި ލާމަރުކަޒު ކުރަމުންދާއިރު ފައިސާ މަރުކަޒުކުރުމުގެ ވިސްނުމާ ދުރު ތަނަކަށް ވާންޖެހޭކަމަށާއި، ޚިދުމަތްތަކަށް ފައިސާ ދެއްކުމުގައި ސްކޫލްތަކަށް ފަސޭހަ ކުރެވިދާނެ ބައެއް ކަންކަން މިހާރުވެސް އެބަ ހުރިކަމަށެވެ. މިސާލަކަށް، އިންޓަނެޓް ބޭންކިން ތެރެއިން ފައިސާ ޓްރާންސްފަރ ކުރުމުގެ ފުރުސަތާއި ދަތުރު ފަތުރަށް ބޭނުންވާ ޓިކެޓް ފަދަ ތަކެތި ގަތުމަށް ޕްރީޕެއިޑް ކާޑު ފަދަ ހިދުމަތްތައް ސްކޫލްތަކަށް ދެވޭނެ ގޮތްތައް ރާއްޖޭގެ ބޭންކިން ނިޒާމުގައި އެބަ ހުރި ކަމަށެވެ. އޭރުން މާލޭގެ ގިނަ ފިހާރަތަކުން ރާއްޖެތެރޭގެ ގިނަ ސްކޫލްތަކަށް ތަކެތި ނުވިއްކުމުގެ މައްސަލައަށް ހައްލެއް ލިބޭނެކަމަށެވެ.

11 Replies to “ޕްރިންސިޕަލް ފައިސަލްގެ ކަންބޮޑުވުންތައް ސޯޝަލް މީޑިޔާއަށް ބަންޑުންކޮށްލައިފި”

  1. މހއމދ

    ރަގނޅު ވާހަކަ ތި ދައްކަނީ

  2. ފާތުން

    މީ ހަމަ ވަރަށް ރަނގަޅު ވާހަކައެއް. ގިނަ މީހުން ދައްކަން ބިރުގަންނަ އެކަމަކު ދައްކަން މުހިއްމު ވާހަކައެއް.

  3. Teacher

    Principal mi bunani v thedhu vaahaka eh. Konme sarukaareh ayas vani mihen. Hahleh nulibe. Konme bayaku ves ulheni molhethi aa kan kan kuran. Vaakameh haraan. Adhi hama mi liyumah ithuru kohlan feney bodethi project thah hingan World bankun naa thanthanhun fund kohgen, school thakun subject teachers gengos 2 dhuvahuge training dheefa mi bunani mi project school ga kuriah gendhan thiya thibi train vefa ey. Dhen emeehaku mi jeheni emeehaku kiyavaidhey maahdhaa kiyavaidhemun adhi bodethi dhe dhuvahun training vi project kuriah gendhaa. Dhen emeehaku mi hunnani avadhi vefa. Iru irukolha ministryin gulhaane project kuriah nudhaathi. Kihineh ekani meehaku eyna ge subject kiyavadhemun school ga hinganyaa hingaa harakaathehga baiverivanum extra class nagamun mikan kurani. Dhen anehkaa molhu thankolhaki konme sarukaarakun ves mi hadhaa ehchaki vocational ge ves nan change kohlaafa mi kurani hama ehkameh. Ekamaku anehkaa ves teacharun thah gen gos ebajehey training dheyn. Mikan migothha nukoh vocation ah ves magaam ufhadhaafa ekan kuran meehaku behehtyma thankolheh lui vaane kan neyge.

  4. Arihi

    Vgulhey beynuntheri liyumeh

  5. އިބްނު ޙުސައިން

    ވަރައް ފުރިހަމަ ލިއުމެއް ކަން ހިނާފައިވާ، އަދި ކަން ހިނގަމުންދާ ގޮތުގެ މައްޗަށް ބިނާކޮށް ލިޔުއްވާފައިވާ ބިނާކުރަނިވި ލިއުމެއް

  6. Anonymous

    Saabas

  7. ސަތރޭ

    މީނަ މިނވާހކަ މި ލިޔުނު މަގުސަދު ސާފު

  8. އައިޝަތު އަބުދުއްރަޙުމާން

    100ޕަސެންޓްތެދުފުޅެއްހުރިހާވާހަކަ
    ފުޅަކީވެސް
    ޝުކުރިއްޔާ
    އަޙުމަދު ފައިސަލް

  9. ކަހަނބު

    ސާރ ތިޔަފާޅުކުރެއްވީ ވ ރަނގަޅު ޚިޔާލުތަކެއް. ސްކޫލް ގެ ވަޒީފާތައް ހަމަ
    ނުޖެހި ދިގުދެމިގެންގޮސް 6-7 މަސްފާއިތުވެ، ވަޒީފާޔަށް އެދިފައިވާ ފަރާތްތައް ވަޒީފާ މަތިން ފޫހިވެދާއިރުވެސް ވަޒީފާތައް ހަމަ ނެޖެހޭ. މީ ތަންތަނުގެ ޙާލަތު

  10. ޙަމީދު

    ތިޔައީ މައުމޫނުގެ ވެރިކަމުގެ ދުވަސްވަރުން ފެށިގެން މިހާތަނަށްވެސް އެޑިޔުކޭޝަން މިނިސްޓްރީގެ ކަންތައްތައް ހުރި ގޮތް.

  11. ފާތިމަތު

    މިދިޔަ 5 އަހަރު ހިތުގައި ބޭއްވީމަ ގޯސް . މިއަދާ ހަމައަށް ކޮންކަމެއްތޯ ުރިންސިޕަލެއްގެ ހައިސިއްޔަތުން ތިޔަބޭފުޅާގެ ބެލެނިވެރި ސުކޫލްގައި ތިޔާގެ ތެރެއިން ރަނގަޅަށް ކުރީ. މަގާމުގެ ބިރު ހީވީމަ ކޮންމެ މީހަކުވެސް ވަރަށް ހެޔޮ އެދޭކަމަށް ހެދޭނެ.

މި ލިޔުމަށް 48 ގަޑިއިރު ހަމަވެފައި