މިލައުތުރު

ކޮމަންޑޫ ސިއްޙީމަރުކަޒުގެ އިސްވެރިޔާ މުފީދުގެ އަސަރު ގަދަ ވަދާޢީ މެސެޖު!

ށ. ކޮމަންޑޫ ސިއްޙީމަރުކަޒުގައި ސިޔާސީ އިސްވެރިޔަކަށް ހުންނެވި މުޙައްމަދު މުފީދުގެ އަސަރުން ފުރިގެންވާ ފަދަ ވަދާޢީ މެސެޖެއް ފޭސްބުކް މެދުވެރިކޮށް ކޮމަންޑޫގެ ރައްޔިތުންނަށް ދޫކޮށްލައިފިއެވެ.

މުފީދު ލިޔުއްވާފައި ވާގޮތުގައި އޭނާ ސިޔާސީ މަޤާމަށް އައްޔަނުކުރެއްވީ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްއެވެ. އެހެންކަމުން އެމަނިކުފާނު ޙަވާލުކުރެއްވި މަސްޢޫލިއްޔަތު 17 ނޮވެމްބަރު 2023 އަށް ނިމި މަޤާމާ ވަކިވެގެން ދާހިނދު ދަންނަވާލަން ބޭނުންވާ ވާހަކަތައް އެބަ ހުރިކަމަށެވެ.

މުފީދު ލިޔުއްވާފައި ވާގޮތުގައި ވޭތުވެދިޔަ ދުވަސްތަކުގެތެރޭގައި އޭނާ މަސައްކަތް ކޮށްފައިވާނީ ސަރުކާރުގެ ސިއްޙީ ސިޔާސަތުގެ ތެރެއިން ކޮމަންޑޫ ސިއްޙީމަރުކަޒުގެ ކުރިއެރުވުމާއި، ރައްޔިތުންގެ ސިއްހީ ދުޅަހެޔޮކަމާ ރައްކާތެރިކަން ކަށަވަރު ކުރުމައްޓަކާ ކަމަށެވެ. ދިމާވި އެކި ސަބަބުތަކާއި ހުރެ އޭނާގެ ޓާމްގެ ތެރޭ ކުރަންފެށުނު މަސައްކަތުގެ ތެރެއިން ހުރިހާކަމެއް އެންމެ ފުރިހަމައަށް ނިންމާނުލެވުނު ކަމުގައި ވީނަމަވެސް ކައިރި މުސްތަޤްބަލެއްގައި ޚިދުމަތް ލިބެމުންދާނެ ކަމުގަ އުއްމީދުކުރައްވާ ކަމަށެވެ.

އަދި މަޤާމުގައި ހުރެ ސާބިތުކުރި ފިޔަވަޅު ކުރިޔަށްނަގާ އައު ހަރުފަތަކަށް ޖެހިލައި، ޚިދުމަތުން ދުރަށް އެދަނީ މިއަދު ވަރައް ވެސް އުފަލާއި ހިންހަމަޖެހުމާއިއެކުގައި ކަމަށެވެ. މިވޭތުވި 2 އަހަރު ދުވަހުގެ ތެރޭގައި އެއްވެސް ރައްޔިތަކަށް ތަފާތުކުރުމެއްނެތި ޙިދުމަތްތައް ދެވުނުކަމުގެ އުފާވެރި އިހްސާސްކުރަމުން ކަމަށެވެ. މި މަސައްކަތް ކާމިޔާބު ކުރުމުގައި ސިއްޙީމަރުކަޒުގެ ހީވާގި ހުރިހާ މުވައްޒަފުން ކޮށްދެއްވި ބުރަ މަސައްކަތަށް ފާހަގަކޮށް ފަށްފަށުން ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި ކޮމަންޑޫގެ ރައްޔިތުންނާއި، މުއައްސަސާތަކުގެ ވެރިންނާއި، އެންމެހާ މުވައްޒަފުން ދެއްވި ލަފަޔާ އިރުޝާދާ ހިތްވަރަށް ހިތުގެ އަޑިން ޝުކުރު އަދާކުރައްވާ ކަމަށެވެ.

އޭނާ މިހުރިހާ މަސައްކަތެއްގައި އެތައްވަގުތެއް ހޭދަކޮށް މަސައްކަތުގައި ދެމިހުރުމަށް ދިިން އެއްބާރުލުމަށްޓައި އަމިއްލަ އާއިލާއަށް ލޯތްބާއެކު ޝުކުރު އަދާކުރައްވާކަމަށެވެ.

އަދި އޭނާއަށް އިތުބާރު ކުރަށްވާ މި ބޮޑު ޒިންމާ ހަވާލުކޮށް މި މަޤާމުގައި ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ ފުރުސަތު ދެއްވީތީ ކޮމަންޑޫ ދާއިރާގެ ކުރީގެ މެމްބަރ މަރްޙޫމް ހުސެން ވަހީދަށާއި، ދާއިރާގެ ރައީސް މުހައްމަދު ޖަލާލް އާއި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހަށް ހިތުގެ އިޚްލާސްތެރި ޝުކުރު އަދާކުރާކަމަށެވެ. އަދި ސިއްހީ ވަޒީރާއި ވުޒާރާގެ އިސްވެރިންނާއި،   ވުޒާރާގެ ތެރެއިން ކަންކަންކުރުމަށް މަގު ފަހިކޮށްދެއްވާ އެއްބާރުލުން ދެއްވި އެންމެހާ ބޭފުޅުންނަށް ޝުކުރުދަންނަވާ ކަމަށެވެ.

އަދި މި މަސައްކަތުގައި ދެމިހުރުމަށް އެއްބާރުލުން ދެއްވާ، ޚިޔާލުދެއްވި އެމް.ޑީ.ޕީ ގެ މެމްބަރުނާއި، ހުރިހާ ދިވެހި ލޮބުވެތި ރައްޔިތުންނަށް ޝުކުރުއަދާކުރައްވާ ކަމަށެވެ. އަލަށް ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ޑރ. މުޢިއްޒުގެ ސަރުކާރަށާއި، ޙާއްސަކޮށް ސިއްޙީ ދާއިރާ އާއި ޙަވާލުވެވަޑައިގަންނަވާ މިނިސްޓަރަށް ކާމިޔާބަށް އެދޭކަމަށެވެ. އަދި ނިންމާލާފައި ވަނީ ކޮމަންޑޫގެ ޞިއްޙީ ކަންކަމަށް ތަރައްޤީ އާއި ކާމިޔާބު މިންވަރު ކުރެއްވުން އެދި މާތް ﷲގެ ހަޒްރަތަށް ދުޢާ ދަންނަވަމުންނެވެ.

© 2023 milauthuru. All rights reserved.