މިލައުތުރު ފުޓްސަލް ފިއެސްޓާ 2023 ކުރިއަށް ގެންދިއުމަށް ށ.ގޮއިދޫގައި ދަނީ އެންމެ ފަހުގެ ތައްޔާރީތަށް ވަމުންނެވެ. 2022 ވަނަ އަހަރު ބާއްވަން ފެށުނު މި މިބާރާތަކީ ށ. އަތޮޅުގެ ހުރިހާ ރަށްތަކަކަށް ބައިވެރި ވެވޭ ގޮތަށް އަތޮޅު ކައުންސިލް އިން އިންތިޒާމް ކޮއްގެން ކުރިއަށް ގެންދާ މުބާރާތެކެވެ. އަދި މުބާރާތް ބާއްވާނެ ރަށް ވެސް ކަނޑައަޅަނީ އާންމުކޮށް ހުރިހާ ރަށަކަށް ހުޅުވާލައިގެން އޮންނަ ފުރުސަތެއްގެ ތެރެއިން އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށައަޅާ ރަށްތަކަށެވެ. މިގޮތުން މި އަހަރުގެ މިލައުތުރު މުބާރާތް ބޭއްވުމަށް ހމަޖެހިފައި ވަނީ ށ.ގޮއިދޫ އަދި ށ.މާއުނގޫދޫގައެވެ.
ށ.ގޮއިދޫ ކައުންސިލްގެ ރައިސް އިބްރާހިމް ޝާހިދް ވިދާޅުވެފައިވަނީ މުބާރާތަށް ވާންޖެހޭ ހުރިހާ ތައްޔާރި ތަކެއް ވަނީ މުޅިންހެން ނިމިފައި ކަމަށާއި ބާކި އޮތީ ރަށުތެރެ ޒީނެތްތެރި ކުރުމަށް ދިދަ ފަތި ދެމުން ކަހަލަ ކުދިކުދި ކަންކަން ކަމުގައެވެ. އަދި ރަށްރަށުން އަންނަ ފަރާތް ތަކަށް ދަތި ނުވާނެހެން ހުރިހާ އިންތިޒާމް ތަކެއްވެސް އެފަރާތް ތަކަށް ހަމަޖެހިފައިވާނެ ކަމުގައައެވެ. އަދި ކުރީ އަހަރުގެ މުބާރާތަށް ވުރެ މި އަހަރުގެ މުބާރާތުގެ އިންތިޒާމްތަށް ވަރަށް ފުރިހަމަ ވެފައި ތަފާތު ވާނެ ކަމުގައިވެސް ޝާހިދް ވަނީ ބުނެފައެއެވެ. މި އަހަރުގެ މުބާރާތުގައި ކުރިން އަހަރާއި ހިލާފަތް ބޭނުން ކުރަން ހަމަޖެހިފައިވަނީ ޑިޖިޓަލް ސްކޯ ބޯރޑް ކަމަށާއި މި މުބަރާތް ކުޅެން ހަމަޖެހިފައިވާ ދަނޑުގެ ފެނވަރުވެސް ރަނގަޅުވާނެ ކަމަށް އޭނާ ފާހަގަ ކުރެއެވެ.
މި އަހަރުގެ މިލައުތުރު ފުޓްސަލް ފިއެސްޓާގައި ސަޕޯރޓަރުންނަށް ފަސޭހެ ވާނެ ތަފާތު އިންތިޒަމްތަށް ހުންނާނެ ކަން ފާހަގަ ކުރަމުން ޝާހިދު ވިދާޅުވީ ދަނޑު ކައިރީގައި ކެންޓިންގެ ޙިދްމަތާއި ފިނި މައިޒާން ފަދަ ތަންތަން ހެދިފައި ހުންނާނެ ކަމުގައެވެ. އަދި މީގެ އިތުރުން ސަޕޯޓަރުނަށް ފާހަނާ ކުރެވޭނެ ލުއިފަސޭހަ ގޮތްތައް ވެސް އިންތިޒާމް ކުރެވިފައިވާނެ ކަމަށެވެ. މުބާރާތިގައި ކުޅެން އަނަން ޓީމް ތަކަށްވެސް ކަންކަން އުނި ނުވާނެ ގޮތަކަށް ކުޅުންތެރިންގެވެސ ހުރިހާ އިންތިޒާމު ތަކެއް މިހާރުވަނީ ނިމިފައި ކަމަށް ގޮއިދޫ ކައުންސިލްގެ ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ހަމަ އެހެން ސަޕޯރޓަރުންނާއި ކުޅުންތެރިންގެ ސަލާމަތާއި ރައްކާތެރިކަމަށާއި މުބާރާތް ސުލަޙަވެރިކަމާއި އަމާއޮމާން ކޮށް ކުރިއަށް ގެންދިއުމަށް ޓަކައި މުބާރާތް އިންތިޒާމް ކުރާ ފަރާތުންނާއި ފުލުހުންގެ އެހީ ތެރިކަމާއެކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ އިންތިޒާމުވެސް ވަނީ ހަމަ ޖެހިފައެވެ.
ނޮވެމްބަރ މަހުގެ 20 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މިލައުތުރު ފުޓްސަލް ފިއެސްޓާ އަށް ށ.ގޮއިދޫ ވެފައިވާ ތައްރީ އަކީ ރަށުގެ ކުދި ބޮޑު އެންމެހާ ފަރާތް ތަކުގެ ބުރަ މަސައްކަތް ކަމަށާއި މި ކަމުގައި އަމަލީ ގޮތުންނާއި އެހެނިހެން ގޮތް ގޮތުން އެހީތެރިވެދީފައިވާ ފަރާތްތަކަށް ރަށު ކައުންސިލްގެ ނަމުގައި ޝާހިދް ވަނީ ޝުކުރު ދަންނަވާފައެވެ. އަދި މިފަދަ ކަންކަމުގައި ރައްޔިތުންގް ފަރާތުން ކައުންސިލަށް ލިބޭ ފުރިހަމަ އެއްބާރުލުންވެސެ އޭނާ ވަނީ ފާހަގަ ކޮށްފައެވެ.