މިލައުތުރު

ޑޭވިޑް ބެކަމް ފެނުމުން މަަލައިކާ އަރޯރާއަށް ގޮތްތަކެއް ވެއްޖެ!

އިނގިރޭސި ވިލާތުގެ މަޝްހޫރު ފުޓްބޯޅަ ތަރި ޑޭވިޑް ބެކަމް ހަމަލޮލަަށް ފެނުމުން މަލައިކާ އަރޯރާގެ މޭގަނޑު ތެޅެން ފެށި ވަރުން ހިފަހައްޓާލަން ޖެހިއްޖެއެވެ. އަދި ހުއްޓުން އަރާފައި އެތައް އިރެއް ވަންދެން އާޝޯޚުގައި ހުންނަން ޖެހުނެވެ. އަދި ވަރަށް ގާތުގައި ހުރެ، ވަރަށް އުފަލުން ބައްދާ އޮޅުލާ ސެލްފީ ނަގާ ހެދިކަމަށް ވެއެވެ.

ޔުނިސެފްގެ ކުޑަކުދިންގެ އެމްބަސެޑަރެއްގެ ގޮތުގައި ބެކަމް އިންޑިޔާއަށް ކުރެއްވި ދަތުރުގައި، ބޮލީވުޑްގެ ދަރިންނާ ބައްދަލުކޮށްލުމާއި، ކްރިކެޓް ވޯލްޑް ކަޕް ބައްލަވާލެއްވުން އޮތެވެ. އަދި ބައެއް އަވަށްތަކަށް ޒިޔާރަތްކޮށް، ސްކޫލްތަކާއި، ކޮމިއުނިޓީ ސެންޓަރުތައް ބައްލަވާލެއްވުން ވެސް އޮތެވެ.

ޑޭވިޑް ބެކަމް ފެނުމުން ކަރިޝްމާ ކަޕޫރު ވެސް އުފަލުން ބައްދާލިއެވެ. އަދި ވާހަކަދައްކާލުމަށް ވަގުތުކޮޅެއް ހޯދާ ސެލްފީތަކާއި ސުވާލުތައް ކުރިކަމަށް ނޫސްތަކުގައި ރިޕޯޓްކޮށްފައި ވެއެވެ.

ސްޕަރ ސްޓަރ ޝާރޫކް ޚާން ވެސް ބެކަމް އާއި ބައްދަލުކޮށް އޭނާގެ ސޯޝަލް މީޑިޔާގައި ފޮޓޯ ޙިއްސާކޮށްފައި ވެއެވެ. އަދި ދެމީހުންގެ ކެރިއާރ ތަފާތު ނަމަވެސް ފެނިގެން ދިޔައީ ވަރަށް ވެސް އުފާވެރި މަންޒަރެކެވެ. ދެމީހުންނަށް ވެސް ވެގެންދިޔައީ އެއީ ހިނިތުންވުމުގެ ވަގުތުކޮޅަކަށެވެ.

ގޯރީ ޚާން ވެސް ބެކަމްއާ ބައްދަލުވި ވަގުތު ފޮޓޯ ނަގާ ސަލާމްކޮށް ހެއްދެވިއެވެ. އަދި މީގެ އިތުރުން ވެސް ބޮލީވްޑްގެ ގިނަ ތަރިންނައް އެޙަފުލާ ވެގެންދިޔައީ ވަރަށް ވެސް ޚާއްސަ ވަގުތުކޮޅަކަށެވެ. އެންމެން ވެސް ތިބީ ބެކަމް އާއި ބައްދަލުވުމުން ނުހަނު އުފާވެފައެވެ. އަދި ބެކަމްގެ ފިޓްކަމާ ރީތިކަމަށް އެމީހުން ތަޢުރީފުކޮށް ޝުކުރު އަދާކުރިއެވެ.