މިލައުތުރު

ޕީޕީއެމް ސެނެޓަރ ޙުސައިން ޝިފާޒްގެ ބޮޑެތި ތުހުމަތުތަކެއް ޑރ. ޖަމީލަށް!

ޕީޕީއެމްގެ ސެނެޓަރ އަދި ކެލާ ދާއިރާގެ ނައިބު ރައީސް ޙުސައިން ޝިފާޒްގެ ބޮޑެތި ތުހުމަތުތަކެއް ޑރ. ޖަމީލަށާ މަލީހު ޖަމާލަށް އަމާޒުކޮށްފިއެވެ.

ޝިފާޒް ތުހުމަތުކުރެއްވި ގޮތުގައި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ރައީސް ޔާމީނަށް ކާމިޔާބު ނުވީ ވެސް ޑރ. ޖަމީލުގެ ސަބަބުން ކަމަށެވެ. އަދި ޑރ. ޖަމީލް އާއި މަލީހު ޖަމާލް ވަދެއްޖެ ތަނެއް ވެސް ހަލާކުވާނެ ކަމަށެވެ. އެގޮތުން މިހާރު އުޅެނީ ޕީޕީއެމް އާއި ޕީއެންސީގެ ތެރޭގައި މައްސަލަތައް އުފައްދައިގެން ޕާޓީ ޖަހައިގަންނަން އުޅެނީ ކަމަށެވެ.

ޝިފާޒް ކުރެއްވި އަނެއް ތުހުމަތަކީ ރައީސް ޔާމީންގެ ޤާނޫނީ ވަކީލަކަށް ހުރެގެން ރައީސް ޞާލިޙާ ގުޅިގެން 2023 ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތު ވެސް ގެއްލުވާލާފައި ވާކަމަށެވެ. ޑރ. ޖަމީލަކީ އެއްވެސް އިޚްލާޞްތެރިކަމެއް ހިތުގައި އޮވެގެން އުޅޭ މީހެއް ނޫންކަމަށެވެ. ޙަޤީޤަތަކީ ޑރ. ޖަމީލް އާއި މަލީހު ޖަމާލް ވެސް އުޅެނީ ޕާޓީގައި ނުފޫޒު ވަރުގަދަ ކޮށްގެން ޕާޓީ ކޮންޓްރޯލް ކުރާށެވެ.

އެފަދަ ފުރުޞަތެއް ޑރ. ޖަމީލަށް ލިބުނަ ނުދެއްވާނެ ކަމުގެ އިންޒާރު ދޭ މޭރުމަކުން މިވާހަކަތައް އޭނާ ވަނީ ސޯޝަލް މީޑިޔާގައި ޑރ. ޖަމީލްގެ ޕޮޓޯއާ އެކު ޙިއްސާކޮށްފައެވެ.

One Reply to “ޕީޕީއެމް ސެނެޓަރ ޙުސައިން ޝިފާޒްގެ ބޮޑެތި ތުހުމަތުތަކެއް ޑރ. ޖަމީލަށް!”

  1. އަލްހާން ބަކުރު

    މާ ލަސްތަކެއް ނުވެ ބައްދާނެ ބައެއް! ތާހިރު ވެރިކަމެއް ކުރިޔަކަ ނުދޭނެ! ބޮއްޅަބެއަށް ގެޔަކު ނޯވެވޭނެ! ފާތުމަތު ކޮއްޓާތީ!

މި ލިޔުމަށް 48 ގަޑިއިރު ހަމަވެފައި

© 2023 milauthuru. All rights reserved.