މިލައުތުރު

މަޝްހޫރު ޓިކްޓޮކް ތަރި މަރިޔަމް ޝިފާގެ ހެދުންތަކަށް ބޮޑު ސަމާލުކަމެއް!

ދިވެހިރާއްޖޭގައި ޓިކްޓޮކްގައި އެންމެ ބޮޑު ނަންކަމުގައި ވާ މަރިޔަމް ޝިފާ މިފަހަކުން ލާފައިވާ ހެދުންތަކަށް ބޮޑު ސަމާލުކަމެއް ލިބިއްޖެއެވެ.

ޝިފާގެ ހެދުންތަކުގެ ފަރުމާ ރީތިވެގެން އެގޮތަށް ހެދުން ފަހަން ބޭނުންވާ އަންހެން ކުދިންތައް ގެންދަނީ އެއީ ކާކުގެ ފަރުމާތަކެއްތޯ ސުވާލުކުރަމުންނެވެ. ޝިފާގެ އުފަން ދުވަހު ލައިގެން ހުރި ކަޅުކުލައިގެ ހެދުމަށް ވެސް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ. ކަރުވަޅު ބޮޑު ގަޔަށް ބާރު ހެދުންބުރި ބައްޓަމަށް ފަހާފައިވާ އެ ހެދުމަކީ ދިވެހިރާއްޖޭގެ އާދަކާދައާ ޘަޤާފަތް ރަމްޒުކޮށްދޭ ހެދުމެއްގެ ގޮތުގައި ބައެއް މީހުން ސިފަކުރެއެވެ. އަދި ޝިފާގެ ގަޔަށް އެ ހެދުން ވަރަށް ރީތިކަމަށް މީހުން ކޮމެންޓްތައް ކޮށްފައި ވެއެވެ.

މީގެ އިތުރުން ވެސް ޕޯޓްރެއިޓް ފޮޓޯތަކެއްގައި އެފަދަ ރީތި ހެދުމެއް ލައިގެން ހުރި މަންޒަރުތަކަށް ޒުވާނުންގެ ބޮޑު ތަރުޙީބެއް ވަނީ ލިބިފައެވެ. ޝިފާ އަކީ މުނިފޫހި ފިލުވުމުގެ ދާއިރާގައި ރާއްޖޭގެ އެންމެ މަޝްހޫރު ތަރިއަކަށް ވީތީ، އޭނާގެ ސަޕޯޓަރުންތައް ސޯޝަލް މީޑިޔާގައި ވަރަށް ފޯރި ނަގާފައި ވެއެވެ. ބައެއް މީހުން ބުނިގޮތުގައި ޝިފާ އަކީ ރީތި ކުއްޖަކަށް ވެފައި އެފަދަ ހެދުމެއް ލުމުން އިތުރު ފުރިހަމަކަމެއް ލިބޭކަމަށެވެ.

ޓިކްޓޮކް ޝިފާ އަކީ މޮޅު ނެށުންތެރިއެއް ވެސް މެއެވެ. އޭނާގެ ނެށުންތަކަށް ބޮޑު ތަރްޙީބެއް އަބަދުވެސް ލިބެއެވެ. ބައެއް މީހުން އޭނާގެ ޓިކްޓޮކްތައް ބަލަނީ ވެސް އެސަބަބަށްޓަކައެވެ. އަދި ޢީދު ޝޯތަކަށް އެންމެ ބޮޑު ޑިމާންޑެއް އަބަދުވެސް އޮންނަނީ މަރިޔަމް ޝިފާއަށެވެ. ޚިޔާލު ތަފާތުވުންތަކާ އެކު ވެސް މަޤުބޫލުކަމަށް އެއްވެސް ބަދަލެއް ނައިސް ކުރިއަށްދާ ހަމަ އެކަނި ތަރިއަކީ ވެސް މަރިޔަމް ޝިފާއެވެ.