އުސްތާޛް ޒަކީ

ހަމާސްއިން ބިމުއަޑީގައި ބިނާކޮށްފައިވާ ޓަނަލްތައް ފެނި ޔަހޫދީން އާޝޯޚުވެއްޖެ!

މިއަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަމާސްގެ މުޖާހިދުން ދިން ކުއްލި ޙަމަލާއަށް ފަހު އިޒްރޭލުން އިޢުލާންކުރި ހަނގުރާމައިގައި މިހާތަނަށް ހޯދާ ސާފުކުރެވިފައި ވަނީ ވަރަށް މަދު ޓަނަލްއެއް ނަމަވެސް އަލް ޝިފާ ހޮސްޕިޓަލްގެ އަޑީގައި ހަމާސްއިން ހަދާފައިވާ ޓަނަލް ފެނި ޔަހޫދީ ސިފައިން ހައިރާންވެ އަންތަރީސް ވެއްޖެއެވެ. އަދި އެމީހުން އަޅާ ބޮންތަކުން ހަމާސްގެ މުޖާހިދުންނައް އެއްވެސް އަސަރެއް ނުކުރާނެކަން ޔަޤީން ވެއްޖެއެވެ.

ޓަނަލްތައް ހަދާފައި ވަނީ ހުރިހާ ޒަރޫރީ ޚިދުމަތްތަކާ އެކު ވަރަށް ވަރުގަދަކޮށް ކަމަށާއި، އިމާރާތްކުރުމުގެ މުޅިން އައު ޓެކްނޮލޮޖީތައް އީޖާދުކޮށްފައި ވެސް ވާކަމަށެވެ. އަލް ޝިފާ ހޮސްޕިޓަލްގެ އަޑިން ބިނާކޮށްފައިވާ ޓަނަލް އަކީ 300 މީޓަރަށް ވުރެން ދިގު ޓަނަލްއެކެވެ. ޓަނަލްގެ ތެރޭގައި ކައްކާ ކެވޭގޮތަށް ބަދިގެތަކާއި، ނިދާނެ ކޮޓަރިތަކާއި، ފާޚާނާ އާއި ނަމާދު ކުރާނެ ތަންތައް ވަރަށް ފުރިހަމައަށް ހަދާފައި ވެއެވެ. އަދި ކޮޓަރިތައް ހުރީ އެއާކޮންޑިޝަން ކޮށްފައި ކަމަށެވެ.

ޔަހޫދީ ސިފައިން ވަންނަ އެއްވެސް ޓަނަލް އަކުން މިހާތަނަށް ހަމާސްގެ މުޖާހިދެއް ފެނިފައެއް ނުވެއެވެ. އެމީހުންގެ އިންޓެލް މާ ފުރިހަމަ ކަމަށާއި، އިޒްރޭލްގެ ސިފައިން ވަނުމުގެ ކުރިން މުޖާހިދުން އެހެން ސަރަޙައްދުތަކަށް ބަދަލުވާ ކަމަށެވެ. އަދި ފަހުން ކުއްލި ޙަމަލާތައް ދީ ބޮޑެތި ގެއްލުންތައް ދޭކަމަށެވެ. މިހާތަނަށް އެމީހުން ސިފައިން އެއްތަނުން އަނެއްތަނަށް އުފުލާ އެތަކެއް އުޅަނދެއް މީހުންނާ އެކު ސުންނާފަތި ކޮށްލާފައި ވާކަމަށެވެ.

ހަނގުރާމަ ވިލަރެސްކުރާ އިޒްރޭލްގެ ވެރިޔަކު ބުނިގޮތުގައި ކަން ހިނގާ ނުހިނގާ ގޮތް ބަލަައިލަންދިޔަ ދުވަހެއްގައި އެކަނި ވެސް އިޒްރޭލްގެ 36 ސިފައިން މަރުވެފައި ވާކަމަށާއި، މުޖާހިދުންގެ ޙަމަލާތަކާ އެކު ވިއްސި ވިހާލިވެ ފިލަން ދުވި އެތަކެއް ސިފައިން ވީނުވީއެއް ނޭނގި ގެއްލިފައި ވާކަމަށެވެ. އެކަމާ ވަރަށް ހިތްހަމަ ނުޖެހޭކަމަށާއި، ހަނގުރާމަ ދަނީ ނަތީޖާއެއް ނެރެވިދާނެ ފަދަ ގޮތަކަށް ނޫންކަމަށާއި، ހަމާސް ނައްތައި ނުލެވޭނެކަމަށެވެ.

3 Replies to “ހަމާސްއިން ބިމުއަޑީގައި ބިނާކޮށްފައިވާ ޓަނަލްތައް ފެނި ޔަހޫދީން އާޝޯޚުވެއްޖެ!”

  1. ނާސިރު

    ތިޔައީ ފަލަސްތީނުގެ ހޮސްޕިޓާތަކަށް ބޮން އަޅާފައި އެކަން ފޫބައްދަން ޔަހޫދީން ފަތުރާ ވަހަކަ. ތިޔައީ ތެދެއްކަމަށް ވަންޏާ ޝިފާ ހޮސްޕިޓަލަށް ބޮން އެޅީ ޔަހޫދީންނަށް މަޖުބޫރުވެގެންކަން އެބަ ވިސްނައިދެވޭ. ހަމާސްއިން ބިންގަރާސް ކޮނެފައި ނެތެކޭ ނޫން. އެކަމަކު އެތަންތަނާ ހޮސްޕިޓާތަކާ ގުޅުވައިގެން ކިޔުމަކީ ޔަހޫދީ ޕްރޮޕަގެންޑާއެއް.

  2. Anonymous

    ޓަނަލް ފެނުމަކީ ވަރައް ދެރަވާ ކަމެއް
    ނަމަވެސް ހަމާސް ގެ މޮޅުކަން ހަހޫދީ ޒަޔަނިސްޓު ޓެރެރިސްޓް ނައް ފެނުން ވެސް މުހިއްމު

  3. Irey

    Shifa hospital ga hadhaafa huri tunnel thakakee kurin Israel in hadhaafa huri tunnel kamah emeehunge former prime minister Ehud Barak interview egga bunefa onnaane. Hamas in hospital ga tunnel hadhany kamah dhakkan emeehunge media thakun liyaa khabaru thah thee. Dhivehi noosverin vejje thankolheh zimmaadhaaru vaan.

މި ލިޔުމަށް 48 ގަޑިއިރު ހަމަވެފައި