އިޒްރޭލަށް އަންނަ މިސައިލް ޙަމަލާތައް ހުއްޓުވުމަށް އެމީހުން ޤާއިމްކޮށްފައިވާ އަޔަން ޑޯމްއަށް ބާރު ބޮޑުވެ މައްސަލަ ޖެހުމުގެ ސަބަބުން އެއިން ފޮނުވާލި ދިފާޢީ މިސައިލެއް ތަލްއަވީވް ތެރެއަށް ވެއްޓި ގެއްލުންތަކެއް ވެއްޖެއެވެ.
އަޔަން ޑޯމް އަކީ ދުނިޔޭގައި މިވަގުތު ހުރި އެންމެ ވަރުގަދަ އެންޓި-މިސައިލް ނިޒާމްކަމަށް އެމީހުން ފަޚުރުވެރިކަމާ އެކު ވަކާލާތުކުރެއެވެ. އަދި ޙަމަލާތައް މެދުކަނޑާލުމަށް ފަހު އަނެއްކާ ވެސް ޣައްޒާއަށް ބޮން އަޅަން ފެށުމާއެކު ހަމާސްގެ ރައްދު ޙަމަލާތައް ވެސް ވަނީ އިތުރުކޮށްފައެވެ. އެގޮތުން ރޮކެޓާ، މިސައިލް އާއި ޑްރޯން ޙަމަލާތައް ދިނުމުގެ ސަބަބުން އަޔަން ޑޯމްއަށް ކެތްނުވާ ވަރަށް ބާރު ބޮޑުވެ ސިސްޓަމް މައްސަލަ ޖެހުނީކަމަށް މަޢުލޫމާތު ލިބެއެވެ.
މީގެ ކުރިން ވެސް އަޔަން ޑޯމްގެ ދިފާޢީ މިސައިލެއް ވަނީ ވެރިރަށް ތަލްއަވީވްގެ ކާރޫބާރު ބޮޑު ހިސާބަކަށް ވަނީ ވެއްޓިފައެވެ. އެހެން ނަމަވެސް އިޒްރޭލަށް އަމާޒުވާ ކޮންމެ 100 މިސައިލަކުން 95 މިސައިލް ވައިގެ ތެރެއަށް ގޮއްވާލައެވެ. އެހެންކަމުން ވޭރޭ ވެހޭހެން މިސައިލްތައް އަޔަސް ހަމަޖެހިލައިގެން އެމީހުންނަށް ނިދަން ތިބެނޭކަމަށް ބުނެއެވެ.
އަދި މިއީ މީގެ ކުރިން އެއްވެސް ހަނގުރާމައެއްގައި އިޒްރޭލަށް ދިމާވި މައްސަލައެއް ވެސް ނޫނެވެ. އަދި މިހާ ދުވަސް ހޭދަވީ އިރުވެސް ހަމާސްގެ ހަތިޔާރު މަދުވެ ޙަމަލާތައް މަދުވާގޮތެއް ނުވެއެވެ. އެހެންކަމުން އިސްރާޢީލުން އެއްގަމު މަގުން ވަދެ ޣައްޒާ ހިފުމަށް ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ.