އަހަރީ ޗުއްޓީ އަކީ އެއް އަހަރު ދުވަހު ބުރަކޮށް މަސައްކަތް ކޮށްފައި މުވައްޒަފުންނަށް އަރާމްކޮށްލަން ދެވޭ ޗުއްޓީއަކަށް ވިޔަސް، މުވައްޒަފުންނަށް އެއީ ހުރިހާ ގޮތަކުން ވެސް ބޮޑު އަގެއް އަދާކުރަންޖެހޭ ޗުއްޓީއަކަށް ވަނީ ވެފައެވެ. ޤަވައިދުތައް ހެދިފައި ހުރިގޮތުން މުވައްޒަފުންނަށް ޖެހެނީ އެއީ ޙާޟިރުނުވާ ދުވަސްތަކެއްގެ އަގު އަދާކުރާށެވެ. މިސާލަކަށް ޓީޗަރެއްގެ މުސާރައިން އަހަރީ ޗުއްޓީގައި 5000 ރުފިޔާ އާއި 7000 ރުފިޔާ އާއި ދެމެދުގެ ޢަދަދެއް މަދުވެއެެވެ.
ސިވިލް ސާރވީސްގެ އެހެން މުވައްޒަފުންނާއި، ސަރުކާރު ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވެސް އޮތީ ހަމަ މިފަދަ ގޮތެކެވެ. މުޅި އަހަރު ދުވަހުގެ ތެރޭގައި ދުވަހަކު ސަލާމެއް ނުބުނެ ކިތަންމެ ބުރަކޮށް މަސައްކަތް ކޮށްފައި އަހަރީ ޗުއްޓީއެއް ޙައްޤުވުމުން އަރާމްކޮށްލަން ދާން ޖެހެނީ ވެސް ލިބޭ އިނާޔަތްތަކުން ވެސް ބޮޑު ބައެއް ޤުރުބާންކޮށްފައެވެ. އަހަރީ ޗުއްޓީގައި ތިބެގެން އޮފީހަށް ނުނިކުންނާތީ އެޓެންޑެންސް އެލަވަންސް ދެވޭނެގޮތެއް ޤަވައިދުގައި ނެތުމުން ނޯލައެވެ.
ރައީސް މުޢިއްޒުގެ ވަޢުދުފުޅެއްގެ ގޮތުގައި ރަމަޟާން މަހުގެ ފަހު ދިހަ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ވަނީ ކަނޑައަޅުއްވާފައެވެ. މި ބަދަލާ ގުޅިގެން ވެސް މުވައްޒަފުންނަށް އޮތީ ހަމަ އެއް ޙުކުމެކެވެ. ހުރިހާ މުވައްޒަފުންގެ އިނާޔަތްތަކުން ބޮޑު އެއްޗެއް ޤުރުބާންކުރަން ޖެހޭނެއެވެ. މިލައުތުރާ ވާހަކަދެއްކެވި ސިވިލް ސާރވިސް މުވައްޒަފަކު ވިދާޅުވިގޮތުގައި ރޯދަމަހުގެ ފަހު ދިހަ ބަންދުކުރުމާ ގުޅިގެން ޚުދު އޭނާގެ މުސާރައިން އެކަނި 2790 ރުފިޔާ އުނިވާނެއެވެ.
މުވައްޒަފުންގެ ޙާޟިރީ ރިޕޯޓްގައި އަހަރީ ޗުއްޓީ އަކީ ޙާޟިރުނުވާ ދުވަސްތަކެއް ކަމުގައި ނުވިޔަސް ޕޭރޯލްގައި އެއީ ޙާޟިރު ނުވާ ދުވަސްތަކެއް ކަމަށް ކަނޑައަޅާ އެޓެންޑެންސް އެލަވަންސް އުނިކުރެވެއެވެ. މިފަދަ ޤަވައިދުތަކުގެ ސަބަބުން މުވައްޒަފުންނަށް ލިބެންޖެހޭ ޙަޤީޤީ ހިތްހަމަޖެހުން ނުލިބޭކަމަށް ގިނަ ބަޔަކު ބުނެއެވެ. އެހެން ނަމަވެސް މިފަދަކަމަކަށް ބަލައިލާނެ މީހެއް ނެތް ފަދައެވެ.
29 Replies to “އަހަރީ ޗުއްޓީގައި ޓީޗަރުންގެ މުސާރައިން 5000 ރުފިޔާއަށް ވުރެން ބޮޑު ޢަދަދެއް މަދުވޭ، ހިރުވާތަން ކަހާލާ މީހަކު ނެތް!”
Sobbe
Masaakai nukuraa dhuvahakah laari halaal vaane gotheh formular eh mashakah nufenunu. Varihama 2 aharu huttaanulaa masakkai kuriyakas .ithurah dhakkaane vaahaka ehvx neh.
Teacher
Alhugandaky ves teacher eh.. ekamaku alhugandu gaboolu kuran masahkaiy nukuraa dhuvahah rf liben nujeheyne kamah.. konme meeheh vx rf beynun vaane.. alhugandu vx v beynun.. ekamaku this is too much.. ehen baehge musaara ah vaagotheh neyge.. ekamaku teacherunge musaara bodu kuri iru hama rangalhah thafaathu fenna gothah boduvi kamah gaboolu kuran.. chuttyga thibey iru attendence allowance dheyn jehey kamah gabooleh nukuran hama
އައިން
ދެން އެދުވަސްތަކުގެ ގަޑިތައް ހާޒިރުވާގޮތަށް ނަގަންޖެހޭކަމަށް ޤަބޫލު ކުރަންތަ? އެލަވަންސް ލިބެން ޖެހޭކަމަށް ޤަބުލުނުކުރަނީ! އެކަމަކު އެދުވަސްތަކުގެ ހުރިހާ ގަޑިއެއް ނަގަންޖެހޭ! އަޖާއިބެއް
މުދައްރިސް 2
Dhen koba balivegen dhariyaku bali vegen salaam bunaa dhuvahuge jehey gadithai nagan. Eh haaziru nuvaa dhuvahah rf kadaa.. migaai koba insaafeh.
ސުން
ބަލަ ޢެހެންމީހުންނަށްވެސް ޗުއްޓީގަ ތިބޭއިރު މަދުވޭ.ކޮބާ މައްސަލަޔަކީ؟މިގައުމުގަ ތިބެންވީ މަޖިލިސް މެމްބަރުންނާ،ފަނޑިޔާރުންނާ،ފުލުހުންނާ،ސިފައިންނާ،ޓީޗަރުނަނާ ޢަދި ނަރުހުން އެކަނިތާ؟
ކަހާ މީހާ
އެޓެންޑަންސް އެލެވެންސް އަކީ ހާސިރުވާ ދުވަހަށް ލިބޭ އެއްޗެއް. އެހެންވީމަ
މުސާރަ އެއްނޫން އޭއީ. ހިރުވާތަން ކަހާލާދެވިއްޖެ ކަމަށް އުންމީދުކުރަން
ރޯނު އެދުރު
މުވައްޒަފަށް ޙައްޤު ޗުއްޓީގައި ހުރުމަކީ ހާޒިރު ނުވުންކަމަށް ވަންޏާ ކަލޭ އަދިވެސް ބާރަށް ކަހަންވީ ހަމަ!
އަލީ
ޙައްޤު ޗުއްޓީގަ އޮފީހަށް ކަލޭ އެކަނި ކަންނޭގެ ހާސިރުވަނީ. ކަލެއަށް އެޓެންޑަންސް އެލެވަންސް ލިބެންވާނެ. ލިބުނީމަ ކަހައްޗޭ
އަހުމަދު
ސިފައިން ތިޔަ ލިސްޓަށް ލެވޭނެ އެއްވެސް ގޮތެއް ވިސްނާ ވިސްނާ ނޭނގުނު. އަހަރުމެން އެތައް ޤުރުބާނީއެެއް ވެގެން ގައުމު އޮތީ ސަލާމަތުން ތޯ ޔަގީން ކުރަނީ. މުސާރައަށް އެއްވެސް ބަދަލެެެއް ނާންނަތާ ވީ ކިތައް އަހަރު ކަމެއް ނޭނގެ. އެންމެންގެ މުސާރައަށް ބަދަލު އަޔަސް ސިފައިންގެ މުސާރައަށް ބަދަލެެއް ނާދޭ. އެއްޗެކޭ ނުބުނެވޭނެހެން ބަސް ބުނުމުގެ މިނިވަން ކަމެއްވެސް ސިފައިންނަކަށް ނޯވޭ. އަހަރުމެންގެވެސް އަނބި ދަރިންނާއި މައިންބަފައިންވެސް ތިބޭ. އެކަމަކު ތިބެން ޖެހެނީ އިންސާނުންގެ ދަރަޖައަށްވުރެ ދަށުގަ. ވަރަށް ސަލާން
ނ
ސިފައިންގެ މީހާގެ އާއިލާ އަށް ލިބޭ ސިއްހީ އެލަވެސް ދަނީ ކޮންތާކަށް
ސިވިލްސާވިސް
ސިފައިން ނާފޮލިހަށް ލިބިފަ އޮންނަ ކަހަލަ މެޑިކަލް އިންސުއަރެންސެއް އެހެން ބަޔަކަށް އޮންނަ ނަމަ ސިފައިންގެ މުސާރަ ދަށޭ ކިޔާގެން އަޑު އުފުލަން ރެޑީގަމިހުރީ
Teacher
Ehbayaku ulhey gothun emasahkathuge enmenah ingili dhimaakuraathi dhera
Aslu
V rangalhu ninmumeh
ވިންދު
ވަކި ބައެއްގެ ހައްގު ހޯދައިދިނުމައް އުޅޭހެން ހީވަނީ. ނިކަން ހިތްވަރެއް ހުރިއްޔާ ސިވިލްސަރވެންޓުންގެ ތެރެއިން މުސާރަ ދައްމުވައްޒަފުންގެ ހައްގު ހޯދައިދިނުމަށް ވަކާލަތު ކޮށްބަލަ.
Anonymous
ވ ރަނގަނޅު ވާހަކއެއް
Anonymous
ދިވެހިރާއްޖޭއްގައި ވަރައްގިނަ ޓީޗަރުންނަކީި ފެންވަރުދައް ކުދިންނާާ އަޅާލުން ކުޑަބައެކެވެ.
Anonymous
އަސްލު ވެސް ވަރަށް ބޮޑު ތެދެއް
ޖ
ބަލަ ކޮންމެތާކު އުޅޭ ކޮންމެ މުއްޒަފަކައްވެސް ޗުއްޓީގަ ލިބޭނީ ބޭސިކް ސެލަރީ ދެން ޓީޗަރުންނޭ ކިޔާފަ މަސަކަތް ނުކުރާ ދުވަހަކައް އެލަވެންސް ދޭކައް ނުޖެހޭނެ
ސާޖިދާ
މަސައްކަތް ނުކުރާ ދުވަހަށް މުސާރަ ވެސް ނުދީ ޝުކުރިއްޔާއެއް ދީބަލާ ބޯހަލާކު ބުރިން ތޯއްޗެ ވިސްނަނީ!
Anonymous
Good
އަހުމަދު
ސިފައިންނަށް ނުލިބޭ ތިޔައިން އެއްވެސް ޗުއްޓީއެއް. އެހެންނޭ ކިޔާފަ ވަކި އެލަވަންސެއް ވެސް ދެނީކީ ނޫން. ވަޒީފާއަށް ނުނިކުމެވޭ ކޮންމެ ދުވަހަކު މުސާރައިން ކެނޑޭ.
އާދަންފުޅު
ދައުލަތުގެ އެހެން އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާ ޓީޗަރުންނާއި ތަފާތުތަކެއް ހުރެއެވެ. އެތަފާތަކީ ޗީޓަރުންގެ އަހަރީ ޗުއްޓީއަކީ ސްކޫލް ބަންދު ދުވަސްތަށްކަމުގައި ކަނޑައަޅައި، ދައުލަތުގެ އެހެން ވަޒީފާތަށް އަދާކުރާ މުވައްޒަފުންނަށް ލިބިދޭ އުސޫލުން އަހަރީ ޗުއްޓީ ޓީޗަރުންނަށް ނުލިބޭގޮތަށް ގަވާއިދު އޮތުމެވެ. އެހެން އެކަން ހަމަޖެހިފައި އޮތުމުގެ ނަތީޖާއަކީ ޗުއްޓީނަގަން ބޭނުން ނުވިނަމަވެސް ޗުއްޓީއަށް ދިއުމަށް މަޖުބޫރުވުމެވެ. ދައުލަތުގެ އެހެން ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ޗުއްޓީ ނެގުމާއި ނުނެގުމުގެ އިހްތިޔާރު ލިބިދީފައި އޮވެއެވެ. އަދި ޗުއްޓީގެ ގޮތުގައި ނަގާނެ ދުވަހުގެ އަދަދު އިހްތިޔާރު ކުރުމުގެ ފުރުސަތުވެސް އޮވެއެވެ. ނަމަވެސް ޓީޗަރުންނަށް އެފުރުސަތެއް ނޯވެއެވެ. ސުކޫލް ބަންދުވުމާއެކު ޓީޗަރުންނަށްވެސް އަހަރީ ޗުއްޓީ ލިބުނީއެވެ. ނުނަގަން ބޭނުންވިޔަސް ހެދޭނެ ގޮތެއް ނޯވެއެވެ. ޗުއްޓީކުރުކޮށްލުމަށްފަހު ވަޒީފާއަށް ނިކުތުމުގެ ފުރުސަތެއްވެސް ނޯވެއެވެ. ޓީޗަރުންނާއި ދައުލަތުގެ އެހެން މުވައްޒަފުން ތަފާތުވަނީ މިސަބަބަށްޓަކައެވެ.
sakinaa
Kobaa school thakuge masakathu mihun emihun kuraa masakaiy nufen nanitha desk erun gondi eruvun emihunakah nudhe
thiyakiyaa atendens elvenceh vesvv naainsafu kon kanakan kurani mudharisun nekey ehgothah masakathu mihaa ves kuranai hama buramasakatheh
ނޭމްލެސް
ކޮންމެ ހަފްތާއަކު އޮފް ދެ ދުވަސް ، މިޑް ޓާރމް ބުރޭކު، ޓާރމް ބުރޭކް، ބޮޑު ޗުއްޓީ، ދެންވެސް ސަރުކާރު ހުރިހާ ދުވަހެއް ބަންދު، ގިނަ ޓީޗަރުންނަށް މެންދުރުފަސް ވެސް ހަމަ ފުރީ، 21000+ މުސާރައެއްވލިބޭ. އަޅުގަނޑަށް ހީވަނީ މިވަރުން ޝުކުރުވެރި ނުވާ ކަމަށް ވަންޏާ ދެން އިތުރަށް ދައްކާނެ ވާހަކައެއް ނެތްހެން
Mohamed
Thiya musaara libeynee masters teacherakah ekani kokkoa. eves koas ninmaa 4 aharu fahun
Teacher
Sarukaaru bandhu dhuvaheh ayas teacharunge musaarain kendey.this is too much.
އައިން
ޓީޗަރުންނަށް ހާޒިތުނުވާ ފުވަހަށް ރުފިޔާ ކެނޑޭއިރު، ސުކޫލަށް ނިކުމެފައި ހާޒިތުނުވާ ދުވަހުގެ ގަޑިތައް ނަގަންޖެހެނީ ކީއްވެބާ?
.މަސައްކަތް ނެތް ޓީޗަރު
އަޅެ ފަހެ ކީކޭ ބުނާނީ! ތިޔަ ބުނާ އޮފް ތަކެއް ނުލިބޭ! މެންދުރުފސް ކީއްކުރަން؟ މިއުޅެނީ ރެޔާ ދުވާލު މަސައްކަތް ކޮށްގެން ވެސް މަސައްކަތް ނުނިމިގެން. ގިނަ ޓީޗަރުންނަށް އާއިލާ އަށް ދޭނެ ވަގުތެއް ނުލިބޭ! ދަރިންނަށް ފިރިންނަށް ވަގުތު ނުދެވި ކިތައް އާއިލާ ރޫޅިގެން ދިޔައީ؟ ސަރުކާރުން ބަންދު ދުވަހެއް ވިއްޔާ އުޅެންޖޭނީ ދަރިވަރުންގެ ކޮންވެސް ހަރަކާތެއްގަ.
Anonymous
ސަލާމް ނަގާ ދުވަސްތަކަށް ހާޟިރީ އެލަވަންސެއް ނުލިބޭ. އެކަމަކު ހާޟިރު ހާޟިރުނުވާ ދުވަހުގެ ގަޑިތައް ނަގާ ހަމަކުރުމަށް މަޖުބޫރުކުރޭ! ސަލާމް ނެގުން މިއޮތީ އިތުރު ތަކްލީފަކަށް ވެފައި! ސްކޫލަށް ނިކުމެފައި ޖެހޭ ތެޅިފޮޅެގެންވެސް ގެއްލުނު ގަޑިތައް ނަގަން! މީ ސަލާމް ނެގުމުން ލިބޭ ބޮޑު ތަކުލީފެއް! އެކަމަކު އެދުވަހު ސަލާމް ބުނީތީ އެ އެލަވަންސް ކަނޑާލާ އުޞޫލު ހަމަ އޯކޭ! މީ ކޮންކަހަަލަ އުޞޫލެއް!
މި ލިޔުމަށް 48 ގަޑިއިރު ހަމަވެފައި